Monday, November 26, 2012

އާބާދީ އެއްފަސްކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތު 1


ތަރައްޤީ އަކީ އިންސާނާ ތަރައްގީވެގެން މެނުވީ ލިބޭއެއްޗެއް ނޫނެވެ. ރީތިހާ ބަނދަރުތަކާ، އިމާރާތްތައް އަޅާ، ދިދަފަތިދަމާ، ކުލަބޮކިން ޖަރީ ކުރިކަމުގައިވިޔަސް އިންސާބޭނުންވާ އަރާމައި، އުފާ އަދި ހިތްހަމަ ޖެހުން ލިބުން އޮތީ ހަމައެނަކި، ތައުލީމާއި މަސައްކަތުގެ ތަޖުރިބާގެ އަލީގާ ކުރެވޭ މަސައްކަތުންނެވެ. ދިވެހިރާއްޖޭގައި 200 އާއި ގާތްކުރާ އަދަދަކަށް މީހުން އުޅޭރަށްތައް އޮތްއިރު  އެންމެ އަސާސީ ހިދްމަތްތައް ކަމުގައިވާ، ސާފުބޯފެން، ނަރުދަމާ، ތައުލީމް އަދި ސިއްހީ ހިދުމަތްތައް އެކަށީގެންވާވަރާ ގާތައްވެސް ގިނަރަށްތަކުގައި ލިބެންނެތެވެ.  މިކަންމިހެންމެދުވެރިވާން ޖެހިފައިވާ ސަބަބުތައް ނުހަނު ގިނައެވެ. އަމިއްލަވަންތަކަމާއި ވަތަނީ ލޯބީގެ ނަމުގައި އެކަހެރިވެ ބައިބައިކުރުވުމަށް ސަރުކާރުގެ މަތީފަންތީގެ ނުފޫޒުގެ ތެރެއިން ހިންގާ ނޭއްގާނީ ހަރަކާތައި، ރަށްތަކުގައި ތިބޭ ތައުލީމުން މަހުރޫމް ވެފައިވާ ސިނކުޑިތަކަށް ސަވާރުވެގެން ވިޔަފާރިވެރިން ހިންގާ ހުދުމުހުތާރު އަމަލުތައް މީގެތެރޭގައި ހިމެނެއެވެ.

އަޅުގަނޑުމެން މިއަދުވިސްނާލަންޖެހެނީ، ދިވެހިން މިއެދޭ ތަރައްގީ ލިބެންއޮތީ ކޮންކްރީޓާއި ބޮޑުހިލައިންތޯ އާއި ނުވަތ ތައުލީމާއި އިލްމީ މަސައްކަތުގެ ތެރެއިންތޯ ، މިދެނުކުތާގެ މައްޗަށެވެ. ތަރައްގީ ލިބެންއޮތީ ކުރަކިވެ ބޮޑާކަމުގައިވާ ސަގާފަތް ދޫކޮށް މަދަނީ ވިސްނުމަކުންވިސްނާ އިގްތިސާދީ ހަރާކާތްތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ގައުމީތަރައްގީގެ އޮނިގަނޑެއް އެކުލާވަލައިގެން ކަމުގައި ދެކެމެވ.

ކޮންމެ 100 މީހަކަށް ކައުންސިލް މެމެބަރެއް ހުރުމާއި، ކޮންމެ 300 މީހަކަށް މެޖިސްޓްރޭޓް ކޯޓަކަކާއި، މިސްކިތަކާއި ސްކޫލަކާއި، ލަފާ ފުރާނެ ބަނދަރަކާއި، ހޮސްޕިޓަލަކާއި ، ކަރަންޓު ފޯރުކޮއްދޭނެ އިންޖީނުގެއެއް ހުރުމަކީ ދުނިޔޭގައި އުޅޭ އެންމެ ބޮޑެތި މުއްސަނދިންވެސް އެކަމާ ޝޮކްނުޖެހި ނުދާނެ ކަމެއްނޫނެވެ. ހިސާބު ޖަހައިފިނަ އިސްވެ ދިޔަ ހިދްމަތައް ދިނުމަށް ޔޫރަޕްގެ ގައުމެއްގައި ނުޖޭހާ ބޮޑުއަދަދެއް ކޮންމެ މީހަކަށް ޚަރަދުވެގެން ދާނެއެވެ. ސުވާލަކީ މިހާ ބޮދުޙަރަދެއް ކޮއްގެން ރައްޔިތުންނަށް ލިބެމުންދަނީ އެޙިދުމަތް ތޯއެވެ. ލިބެނީ އެފެންވަރުގެ ޙިދުމަތެއްނޫނެވެ. އަދި މިދެންނެވި އަގު މިހާ މީސްކޮޅުމަދު އާބާދީއަކަށް ޙިދުމަތް ފޯރުކޮށް ދިނުމަކީ ނާދިރުކަމެކެވެ.

އިސްވެ ދެންނެވުނު ގޮންޖެހުމުން އަރައިގަތުމަށް އޮތް ހަމައެކަނި ހައްލަކީ އެއްފަސްކުރުމުގެ ސިޔާސަތެވެ. ކުދިރަށްތަކުގައިވާ އާބާދީތައް ބިމުގެ ގޮތުން ތަނަވަސް ރައްތަކަށް ބަދަލުކޮށް މީންކޮންމެ ރަށެއްގެ އާބާދީގައި މަދުވެގެން 20 ހާސް ނުވަތަ 30 ހާސް މީހުން އުޅޭރަށްތަކެއްކަމުގައި ހެދުމެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުންނާއި އާއްމު ރައްޔިތުން ކުރަންޖެހޭ ޙަރަދުތައް ކުޑަވެ، މަސައްކަތްތެރިން ކުރަމުންގެންދާ މަސައްކަތަށް ހަމައަގު ލިބުމާއި އެކު އާމްދަނީ އެތައްގުނަޔަކަށް އިތުރުވާނެކަމީ ޔަގީންކަމެކެވެ.

ކުޑައާބާދީއަކާއި ޙިލާދަށް ބޮޑުއާބާދީއަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ތަފާތު ފުރުސަތުތައް ހުޅުވިގެންދާއިރު ، އެވިޔަފާރި ތަކާއި ޙިދުމަތްތައް ލިބިގަންނާނެ ގިނަގުނަ ކަސްޓަމަރުން ތިބޭނެއެވެ.

ތަރައްގީ ލިބޭނީ ތަރައްގީ ހޯދަން ދަނެގެން ތައުލީމާއި ތަރުބިއްޔަތާއި ތަމްރީން ލިބިގެންނެވެ. ތަރައްގީއަކީ އިރުއަރާ އިރު ގޮނޑުދޮށުން ހޮވަން ލިބޭނެ އެއްޗެއްނޫނެވެ. ނުވަތަ ޖަމްއިއްޔާ ހަދައިގެން  ވަތަނީ ރޫހްގައި ކުޅިވަރުކުޅެ ބޮޑުބެރުޖައި، ބޮޑުދިދަ ނަގާ، ގޯޅިތަކުގެ ކަންމަތީގެ ފާރުގައި ތަރައްގީގެ ސްލޯގަންތައް ލިޔެގެން ލިބޭނެ އެއްޗެއް ނުމެ ނޫންމެއެވެ.

No comments:

Post a Comment

There was an error in this gadget

Adam Fathuhy