Wednesday, November 7, 2012

އޭތި މީތި،ސިކުނޑީގެ ތޫފާން. blah blah 1


ދުނިޔެއަކީ ކޮންއެއްޗެއްކަން އަހަރެންނަށް އަންގައިދިނީކޮންއެއްޗެއް ހެއްޔެވެ. ވިދާ ބަބުޅާ މުދާތަކެވެ. ފަނޑުވެގެން ނުދާ އިރުގެ އައްޔެވެ. މައުދަނާ ޖަވާހިރުގެ ކަންވާރުތަކުން ފުރިގެންވާ ގުދަންތަކަށް ނުބަލަނީ ހެއްޔެވެ. އެއިން ކޮންމެ އެއްޗެއްގައިވަނީ ފަނާވަނި ކަމާއި މުއްސަނދިކަމާއި ބޮޑާ ކަމުގެ ފަރަގެވެ. ދެންފަހެ އެންމެހާ ތަކެތި ފަނާވެގެން ދެޔެއެވެ.


 އެއީ ކާއެއްޗެހި ތަކެއް ކުނިވެގެންދާ ސިފައިގައެވެ. އޭގެ ވަހުން ތިބާގެ ނޯށަށް ނުކުޅާދާނަކުރެތެވެ. ބަލިމަޑުކަމާއި މުސީބާތުން ފުރިގެންވާ ދުވަހަކަށް މަރުހަބާ ކިއުވައެވެ. އެއީ އިލްމީހަޒާނާއިން ތިމާ މުއްސަނދިކުރުވާ، ފިކުރުކޮއް ދިރިއުޅުން ފަސޭހަކޮށް ފާގަތިކުރުމަށް ކަމުގައި ނޫނީ ނުވެއެވެ. ކޮންމެ ކަމެއް ވަނީ މާނަތަކަކުން ފުރިގެންނެވެ. އެއީ ވަކިހިނދު ކޮޅުތަކަކަށް ދެމިހުންނާނެ އަދި ވަގުތު ފާއިތުވެ ދިޔުމުން މާނަ ނެތިދާ ހިދުކޮޅުތަކެކެވެ. ވަގުތު ފާއިތުވުމަށްފަހު ހިނދުކޮޅުގެ މާނާ އެހެންމާނަ އަކަށް ބަދަލު ވެގެން ދެޔެއެވެ،

 ވަހާއި،ރަހަޔާއި،ބީހުމާއި،ފެނުމާއި އަޑުއިވުމުގެ ހިއްސު ފަހަނައަޅާ ކައުނާއި އުޑުތަކާއި ބިންތަކުގެ ތެރެޔަށް ފީނައިފި މީހަކަށް މެނުވީ ސިއްރު ފާޅުނުވާހުއްޓެވެ. ސިއްރުފާޅު ނުވާހިނދު ކެހިވެރިކަމާއި، އަޅުދާސްތުކުރުވުމާއި، ވޭނާއި ދުއްތުރާތައް ތަހައްމަލް ކުރަންޖެހޭ މީހެއް ކަމުގައި ވެގެންދެޔެއެވެ. ނިމުންވަނީ ފެށުމާއި ހިސާބުގައި ކަމުން ފެށުން ވަނީ ނިމުމާ ހިސާބުގައެވެ. މިއިން އެއްވެސް ކަމަކީ ފެށުމެއް ކަމެއް އަދި ނިމުމެއްކަމެއް ދުނިޔެ ބުނެއެއް ނުދެއެވެ. އިންސާނާ ކަނޑައަޅަނީ ފަށާނެ ގަޑިއާއި ނިންމާނެ ގަޑިކަމުން، މިއީ އިންސާނާ ނުކުޅެދުން ތެރިކަން އަންގައި އަލިގަދަ ދަންމަރެއްކަން އިންސާނާ ގަބޫލުކުރާނެތެވެ.

ވަޔަށް ނުބަލަނީ ހެއްޔެވެ. ވައިގައިވާ ފިއްތުމާއި، ތެތްކަމާއި، ފިނިހޫނު ކަން އަންގައި ދެނީ ދިރުމުގެ އަސްލެވެ. އިންސާނާގެ ހަޔާތް ވަނީ ދިރުމާއި ގުޅިފާކަން ކަށަވަރެވެ. އެދިރުމަކީ ފުރާނައިގެ ދިރުން ކަމުގައި މާނަކުރެވެއެވެ. އެހެނަސް ފުރާނައިގެ ދިރުން ނެތުނުކަމުގައި ވީނަމަވެސް ދިރުމަކީ ވަގުތާއި ގުޅިގެން ފަނޑުވުމެއްނެތި ދާއިމަށް ދެމިގެންދާ ގުދުރަތީ ރަހުމަތެއްކަން ކަށަވަރެވެ. ޝައްކާއި، ވަހުމާއި، އުފާވެރިކަމާއި، ހިތުގައިވާ އުދާސްތައް ވަނީ ފުރާނައިގެ ދިރުމަށް އެދި އެދި ކަމުގައި ވާހިނދު ދާއިމީ ދިރުމަށް ކުރެވޭ އިހްތިރާމް ވަނީ އިންސާނީ ކަރާމާތާއި ދަރިފަސްކޮޅު ހިމާޔަށްކުރަން ކުރަންޖެހޭ ކަމެއް ކަމަށް ވިސްނެނީހެއްޔެވެ. ފުރާނާއިގެ ކާނާ އަކީ ދާއިމީ ދިރުމެވެ. އެއީ ދުނިޔެއަކީ ކޯއްޗެއްކަން އަންގައިދޭ ސިއްރެވެ.

1 comment:

There was an error in this gadget

Adam Fathuhy