Thursday, November 1, 2012

ޕާކިސްތާންގައި އަޅުންގެ ވިޔަފާރިއަށް ހުއްޓުމެއްނެތް! ހައިދަރުއާބާދުގެ ސިންދު ދަރިކޮޅު ވޭނާއި ކެކުޅުމުގައި!


ހިންދީންނާއި މުސްލިމުންނާއި ދެމެދު ހިނގި  ހަމަނުޖެހުމަށް ފަހު  (ބަނގުލަދޭޝް ) އީސްޓް ޕާކިސްތާނާއި  ނޯރތު ޕާކިސްތާން  1947 ވަނަ އަހަރުގައި އުފެދުނެވެ.  ޕާކިސްތާނުގެ ހައިދަރު އާބާދުގެ ސިންދް ޕްރޮވިންސްގެ އަސްލު ވަޒަންވެރިން ކަމުގައިވާ ސިންދު ދަރިކޮޅުގެ މީހުންނާ ދޭތެރޭ ތަފާތުކަން ބޮޑުގޮތަކަށް ކަންތައްތައް ބެހެއްޓި، އެމީހުންނަކީ ބާކީ ކޮއްލެވިފައިވާ ބަޔަކަށް ވަނީ ވެފައެވެ. އަދި އެޔީ އަޅުމަސައްކަތުގައި ގެންގުޅުން ޖެހޭ ބައެއްގެ ގޮތުގައި ބެލެން ފެށުނެވެ.


ނަތީޖާއެއްގެ ގޮތުން ދުވަހުން ދުވަހަށް އެމީހުން ނިކަމެތިވަމުން ގޮސް މުޅި ޕާކިސްތާނުގައި ތިބި އެންމެ ފަގީރު އަދި ދަތިހާލުގައި އުޅޭމީހުންނަށް އެމީހުން ވަނީ ވެފައެވެ. ބަނޑުފުރާ މުއްތިކުރުމަށާއި ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަން (މީހުންނާއި އިނުމަށް، ތައުލީމް ހޯދުމަށް ) ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހޯދުމަށް ޕާކިސްތާނުގެ ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންގެ އަތުން އަލުން އަނބުރާ ދައްކާގޮތަށް ފައިސާ ނުވަތަ ތަކެތި ނަގަންފެށުމުމުން އަޅުންގެ ކަޅުބާޒާރު ނުސީދާކޮށް ފެށުނެވެ. މިގޮތަށް އަނބުރާދައްކާގޮތަށް ނަގާފައިސާ ދެއްކުމުގެ ބަދަލުގައި ވިޔަފާރުވެރިޔާ ބުނާމުއްދަތަކަށް ފައިސާނަގާ ފަރާތުން ނުވަތަ އެފަރާތުގެ އާއިލާ މަސައްކަތްކުރުމަށް އެއްބަސްވެއެވެ. ގިނަފަހަރަށް މިއެއްބަސްވުންތަކަކީ އަނގަބަހުން ވެވޭ އެއްބަސްވުމެކެވެ. ނުވަތަ ހަމައެކަނި ލޯންދޭ ފަރާތަށް ހުރިހާފައިދާ ލިބޭ ގޮތަށް ލިޔެވި، އޭގައި އޮތްއެއްޗެއް ލޯންނަގާ ފަރާތަށް ނާންގާ ވެވޭ އެއްބަސް ވުމެކެވެ.
" އަހަރެންނާއި އަހަރެންގެ ތިންކުދިންނާއި އަންހެނުންނާއި އެކު މަސައްކަތް މިކުރަނީ ފަތިހުންފެށިގެން ގޮސް އިރުއޮއްސޭދެން، މިހާރު މިގޮތަށް މަސައްކަތް ކުރާތާ ފަނަރަ އަހަރު ވެއްޖެ، ނެގީ ފަނަހާސް ރުޕީސްގެ ( ދުއިސައްތަ ފަންސާ ޑޮލަރު ) ލޯނެއް، ކުރާމަސައްކަތުގެ އަގުން ކެއުމަށް ކެނޑުމުން ލޯނުގެ އަގު ދުވަހަކުވެސް ދެއްކޭ ކަމަކަށް ނުވޭ، މީ އަހަރެމެންނަށް އޮތްގޮތަކީ " މީ ސިންދު ޕްރޮވިންސްގެހާލަތެވެ. ލޯންދޫކުރާ ފަރާތްތަކުން، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން އަދިވެސް އެހެނިހެން އާއްމުކޮށް ލޭބަރުން ބޭނުން ކޮއްގެން ކުރާ ވިޔަފާރިތައް ހިންގުމަށް ލޯނުނަގާ ފަރާތްތައް ބޭނުންކުރެއެވެ.

މިގޮތުން ލޯނުނެގި މިހާލައްވާ މަސައްކަތް ކުރުވަނީ ދަރަނި ވެރިވެފައިވާ މީހާއާއި އޭނަގެ އާއިލާ މަސައްކަތް ކުރާތަނުގައި ބަންދުކޮށް، ކުއްތާއާއި ފާރަވެރިން ލައިގެންނެވެ. ވެރިމީހާ ބޭނުންވާ ގޮތަށް ކަންކަން ނުވާނަމަ، ނުވަތަ ކަތި ނަޒަރަކުން ވެރިމީހާއަށް ބަލައި ލިޔަސް، ޗާބޫކާއީ، އެސިޑް އަދި ލަޓިބުރީގެ ހަމަލާ ދިނުމަކީ އާއްމުކަމަކަށް ވާއިރު ގަދަކަމުން އަންހެނުންނާއި ޖިންސީގުޅުން ހިންގުމާއި ކާންނުދީ ބެހެއްޓުމަކީވެސް އާއްމު ކަންތައްތަކެވެ.  މީގެން މީހެއް ވިހައިފިނަމަ އުފަންވާ ކުއްޖާއަކީ އެމީހުންގެ އަޅަކަށް ހަދައެވެ. ސާހިބު މީހާގެ ހުއްދަނެތި މީހުންނާއި އިނުމަކީވެސް މަނާ ކަންތައްތަކެވެ.

މި ލާއިންސާނީ އަނިޔާއަކީ ވިޔަފާރިވެރިންނާއި ،ސިޔާސީ ލީޑަރުންގެ ވިޔަފާރިއަކަށް ވީހިނދު ޕާކިސްތާންގެ ސަރުކާރުން މިކަން ހައްލުކުރުމަށް އެދެވިގެންވާ މަސައްކަތެއް މިއަދާ ހަމައަށް ކޮއްފައި ނުވެއެވެ. އެހެން ނަމަވެސް ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތް ތަކުން ސިންދް ޕްރޮވިންސްގެ އަޅުން މިނިވަންކުރުމަށް ތަފާތުގެ ގިނަގުނަ މަސައްކަތް ކޮއް، ބައެއް އާއިލާ ތައްވަނީ މިނިވަން ކޮއްފައެވެ.

ރިފަރެންސް:
1.      ނެޝަނަލް ޖިއޮގްރަފިކަލް ޗެނަލް، ޕްރޮގްރާމް "ޓެބޫ"، އަންޓަޗެބްލް ޕީޕަލް.






No comments:

Post a Comment

There was an error in this gadget

Adam Fathuhy