Sunday, December 30, 2012

ކްލައުޑް ކޮމްޕިއުޓިންގް ގެ އެހީގައި ފަސޭހަކަމާއެކު ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުން.


ޒަމާންތައް ބަދަލުވެ، ބޮކްސްފައިލްތަކާއި ފޮތްތައް ދޫކޮށް، އިންސާނުންވަނީ ޓެކްނޮލޮޖީ އަށް ބަރޯސާވެ، ލިޔެކިޔުމާއި، ވީޑިއޯއާއި، މިއުޒިކާއި، ފޮޓޯ ފަދަ މުހިއްމު ލިޔެކިޔުންތައް ކޮމްޕިއުޓަރގައި ރައްކާކުރެވޭނެ ގޮތްހޯދާ، އަހަރެމެންމިވަނީ ކޮމްޕިއުޓަރަށް އަހުލުވެރިވެފައެވެ. މޮބައިލް ފޯންތަކާއި، ކެމެރާތަކާއި، ފުރިޖާއި ، މައިކްރޯވޭވް އަވަންތައްވެސް ކޮމްޕިއުޓަރގެ ނެޓްވޯރކް ތަކާއި ގުޅިފައެވެ. ކޮލެޖް  އެސައިންޓްމަންޓްތައް ގޭގައި ހަދާއިރު، އޮފީހުގައި އެކުވެރިންނާއި އެކުނަގާފައިވާ ފޮޓޯތައް ހުންނަނީ އޮފީހުގައި ކަމުން، މިހުރިހާ މުހިއްމު ފައިލްތައް ގިނަފަހަރު ހުންނަނީ އެކި ސިސްޓަމްތަކުގައި ވިއްސިވިހާލިވެ ބެލެހެއްޓޭނެ ގޮތެއް ނެތިފައެވެ. ޕެންޑްރައިވެއްގަ، ނުވަތަ ސީޑީއެއްގަ، އެންމެފަހުން ޕެންއަށް ވައިރަސްވަދެ، ސީޑީގައި ކޫރުން އެޅި އަގުހުރި ޑޭޓާތައް ގެއްލިގެން ދެއެވެ.

ފައިލްތައް ރައްކާތެރިކަމާއި އަދި ފަސޭހަކަމާއި އެކު މެނޭޖްކުރުމަށް ކްލައުޑް ކޮމްޕިއުޓިންގެ ހިދުމަތް ބޭނުންކުރެވިދާނެއެވެ. މިގޮތުން ހިލޭ ލިބެން ހުރި ބައެއް ހިދުމަތްތަކުގެ ތެރޭގައި ގޫގުލް ޑްރައިވް، މައިކްރޯސޮފްޓް ސްކައިޑްރައިވް އަދި ޑްރޮޕް ބޮކްސްގެ ޙިދުމަތް ހިމެނެއެވެ.
މިހުރިހާ ޓޫލްސްތަކުންވެސް ކުރެވެނީ އެއްބޭނުމެއް ކަމުގައި ވިޔަސް، ކޮންމެ ޓޫލްއެއްގައިވެސް ހާއްސަ ސިފަތަކެއްވެއެވެ. މިގޮތުން މިގެނެސްދެނީ އަޅުގަނޑު އެންމެ މަގުބޫލް ޓޫލްކަމުގައިގާ ޑްރޮޕްބޮކްސް މަސައްކަތްކުރާގޮތާއި، ބޭނުންކުރާނެ ގޮތުގެ މައުލޫމާތުކޮޅެކެވެ.

ޑްރޮޕް ބޮކްސް

ޑްރޮޕް ބޮކްސް އިންކްލޫޑް އަކީ މަޝްހޫރު މިޓްގެ ގްރެޖުއޭޓުން ކަމުގައިވާ، ޑްރުވް ހަޑްސަން އަދި އަރާޝް ފެޑޮވްސި 2007 ވަނައަހަރު އުފައްދާފައިވާ އޮންލައިން ސްޓޯރޭޖް  ބެކަޕް  ހިދުމަތްދޭ ކުންފުންޏެކެވެ.  އެކުންފުނިން 2008 ވަނަ އަހަރު ނެރުނު އޮންލައިން ބެކަޕް ސޮފްޓްވެއަށް 4 އަހަރު ފުރުނު އިރު އެއީ އޮންލައިންކޮށް ލިޔެކިޔުންތައް ރައްކާތެރިކޮށް ދިނުމުގައި އެހީތެރިވެދޭ އެއްމެ މަގްބޫލް ސޮފްޓް ވެއަރއަށް ވަނީ ވެފައެވެ. މިހަތާނަށް މިސޮފްޓްވެއަރ ވަނީ ވިންޑޯސް، އައިއޯސް، ސިމްބަޔަން، އޮންޑްރްއިޑްއަދި މެކް އޯއެސް، ލިނަކްސް އަދި ބްލެކްބެރީ އޯއެސް ފަދަ މަގްބޫލް އޮޕެރޭޓިންސިސްޓަމްގެ އާއިލާތަށް ހިމޭނެގޮތަށް ޖުމްލަ 9 ވައްތަރުގެ އޮޕެރޭޓިންސިސްޓަމަށް ހާނާ ފައްކާކޮއްފައެވެ.



ޑްރޮޕްބޮކްސް މަސައްކަތް ކުރަނީ ކިހިނެތް؟

ސަރވިސް ސޮފްޓްވެއަރ އިންސްޓޯލް ކޮއްލުމުން، ސޮފްޓްވެއަރ އަށް ދައްކާފައިވާ ފޯލްޑަރ ގައިވާ ހުރިހާ ފައިލްތަކާއި ފޯލްޑަރ ތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޑޭޓާ ސެންޓަރުތަކަށް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަޕްލޯޑް ވެއެވެ. ސިސްޓަމުން ފައިލެއް ފުހެލައިފިނަމަ،އެޑިޓްކޮށްފިނަމަ، ނުވަތަ ފައިލެއްގެ ނަންބަދަލު ކޮއްފިނަމަ އެބަދަލެއް އޮންލައިން ސިސްޓަމްގައިގާ ފައިލްތަކަށް އަންނާނެއެވެ. މިގޮތުން އެތައް ކޮމްޕިއުޓަރ ސިސްޓަމެއް ޑްރޮޕް ބޮކްސްގެ އޮންލައިން އެކައުންޓާއި ގުޅުވާލެވިދާނެއެވެ. މިސާލަކަށް އޮފީހުގައި އިނދެ ފޮޓޯތަކެއް ޑްރޮޕްބޮކްސްއަށް ލައިފިނަމަ ގެޔަށް އަންނަ އިރު ގޭގެ ސިސްޓަމަށް އޮޓަމެޓިކުން އެފައިލްތައް ޑައުންލޯޑްވާނެވެ.
 އަދި ބޭނުން ކޮންމެ އިރަކު ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ޑްރޮޕް ބޮކްސްގެ ވެބްސައިޓަށް ވަދެ އެމީހެއްގެ ފައިލްތައް ބަލާ ހެދުމުގެ އިތުރުން ބޭނުންވާ ފަރާތްތަކާއި ޝެއަރ ކުރެވޭނެ ފީޗާސްތައްވެސް މިސިސްޓަމުން ލިބެން ހުރެއެވެ. ކޮމްޕިއުޓަރ ހަލާކުވިޔަސް، ބޭނުން  އިރަކު ފައިލްތައް އެހެން ސިސްޓަމަކަށް ޑްރޮޕް ބޮކްސް އިންސްޓާލްކޮށް ކްލައުޑުން ޑައުންލޯޑްކޮއް ލެވޭނެއެވެ.

ޑްރޮޕް ބޮކްސް ބޭނުންކުރާނީ ކިހިނެތް؟

1.      ޑްރޮޕްބޮކްސްގެ ވެބްސައިޓް އަށް ވަނުމަށް ފަހު ޑްރޮޕްބޮކްސް ސޮފްޓްވެއަރ ޑައުންލޯޑްކޮށްލާ
2.      ޑައުންލޯޑްކުރި ސޮފްޓްވެއަރ ސިސްޓަމަށް އިންސްޓޯލް ކޮއްލާ.
3.      ސޮފްޓްވެގައިވާ އިރުޝާދާއެއްގޮތައް ޑްރޮޕް ބޮކްސް އެކައުންޓެއް ހުޅުވާ
4.      ސިސްޓަމް ޓްރޭގައި ޑްރޮބޮކްސް އައިކަން ފެންނަން އިންނާނެ، ޑަބަލް ކްލިކް ކޮއްލުމުން ޑްރޮޕް ބޮކްސް ފޯލްޑަރ ހުޅުވޭނެ
5.      ޑްރޮޕްބޮކްސް ފޯލްޑައަށް ރައްކާކުރަން ބޭނުންވާ ޑޮކިއުމަންޓްތައް ، އެފޯލްޑަރ އަށް ކޮޕީ ނުވަތަ މޫވްކޮއްލާ
6.      އާޗާ! ތިނިމުނީ. ތިގޮތަށް ކިތަންމެ ސިސްޓަމެއްވެސް ތިހުޅުވި އެކައުންޓާ އެޑް ކުރެވިދާނެ. ތިގެންގުޅޭ ކޮމްޕިއުޓަރ ހަލާކުވިޔަސް ބޭނުން އިރަކު އިންޓަރނެޓުން އެފައިލްތައް ޑައުންލޯޑްކޮއްލެވޭނެ.
ރިފަރެންސް:

No comments:

Post a Comment

There was an error in this gadget

Adam Fathuhy