Saturday, December 7, 2013

ލޯނުނެގުމާއި ވިޔާފާރިކުރުމާއި ބަނގުރޫޓްވުން.


ބޭންކުންތަކުން ލޯންދެނީ ފުދުންތެރިކަން އިތުރު ކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށެވެ. ހަމަ އެހެންމެ އޭގެން ބޭންކަށް މާލީ ނަފާއެއް ހޯދުމުގެ ބޭނުމުގައެވެ. ގިނަފަހަރަށް ބޭންކުން ލޯންނަގާއިރު ލޯންނެގެނީ ކޮން ޝަރުތަކެއްގެ މައްޗައްކަމާއި، އަދި ލޯން އަނބުރާ ދައްކާއިރު ލޯނުގެ އިންޓަރެސްޓާއި ޖޫރިމަނާ ހިސާބުކުރެވޭ ގޮތް ލޯންނަގާ ފަރާތްތަކަށް އޮންނަނީ އޮޅިފައެވެ.

Thursday, August 22, 2013

ވިސްނާމީހާ ގެ ނުކުތު ފަރާތް - އޭތިމީތި ސިކުނޑީގެ ތޫފާންއިރުއޮއްސިނުހިނދެވެ. ކައުނު ނެތިގެން ހިނަގައްޖެއެވެ. ފަހެ އަހަރެންއެވަނީ ކޮންތަނެއްގައި ހެއްޔެވެ. އިހްސާސެއްނުވާ ނިމުމެއްނެތް ފުންކަނޑެއްފަދަ ރާސްތާއެކެވެ. އިހްސާސްނުކުރެވޭ ދިގުރާސްތާގެ މަންޒިލަކީ ފަހެކޮންއެއްޗެއް ހެއްޔެވެ. ދެން އަހުރެން ބުނީމެވެ. އެއީ ހިޔާލީ ދުނިޔޭގެ ދަތުރުގެ ތަސައްވަރެކެވެ. ސިކުނޑިން ކުރުވާ ހިޔާލުގެ ނަލަކަމާއި، ފޮނިކަމާއި ތަޒާކަމުގެ ލާމަސީލް މިސާލެކެވެ. ދެން އެހިނދު އިންސާނާ އޭނާގެ ވިސްނުމުންބޭރުވެ ޖަލެއްގައި ބަންދުވެފައިވާ އަޅެއްފަދައިން އުމުރު ހޭދަކުރެއެވެ. ވިސްނުމާއި ފިކުރުމެގެ ބޭނުމާއި ފަހެ ވިސްނަނީ ކޮން ގުނަވަނަކުންވެސް އިންސާނާ ހަދުމަނެތިގެންދެޔެއެވެ. 

Friday, August 9, 2013

ސިޔާސީ ފަރާތްތަކުގެ ލޯބިވެރިޔާ އެންޖެލިކް ޝެރޯން އެހެން ނަމެއްގައި އެނބުރި ފޭސްބުކްއަށް
ފޭސްބުކް އެކައުންޓެއް ބޭނުންކޮއްގެން ބްލެކްމެއިލް ކުރުން ދަނީއާންމުވަމުންނެވެ. މީގެ ކުރިންވެސް ވަނީ ސިޔާސީ އެތައްފަރާތެއްގެ ބަރަހަނާ މަންޒަރުތައް ރެކޯޑްކޮށް އެފަރާތްތަކުގެ އަތުން ފައިސާއަތުލާ ބްލެކްމެއިލްކޮށްފައެވެ. ރިޔާސީ އިންތިހާބު ބޯމަތިވަމުންއަންނަ އިރު ސިޔާސީ ފަރާތްތައް ބްލެކްމެއިލް ކުރުމަށް ފޫގަޅާފައިވާ ފަރާތްތައް ސޯޝަލްމީޑިއާގައިފެނެއެވެ.

Wednesday, August 7, 2013

މިނިމަމް ވޭޖް ކަނޑައެޅުން – ދެމެހެއްޓެނެވި ތަރައްޤީގެ ސިޔާސަތު 4

މިނިމަމް ވޭޖް ނުވަތަ އެއްމެދައްކޮށް ދެވޭނެ އުޖާރަ އަކީ މަސައްކަތްތެރިންނަށް އެމީހުންނަށް ހައްގު އުޖޫރަ ދިނުމުގައި އިންސާފުވެރި އުޖޫރައެއް ދިނުމަށް މަގު ފަހިކުރުވާނެކަމެވެ. ތާރީހީ ފަތްފުއް ތަކުން އެގެން ހުރިގޮތުގައި އެންމެ ފުރަތަމަ ގާނޫނީ ގޮތުން މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ 1894 ގައި ނިވްޒީލެންޑް ގައެވެ، އަދި އޭގެ ފަހުން އޮސްޓްރޭލިޔާގެ ސްޓޭޓެއް ކަމުގައިވާ ވިކްޓޯރިއާގައި 1896 ގައެވެ. މިހާތަނަށް %90 ވުރެ ގިނަ ގައުމުގައި މިނިމަމް ވޭޖްގެ ސިޔާސަތު ވަނީ ތަންފީޒު ކުރެވިފައެވެ.  ބައެއް ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ  ވިޔަފާރިވެރިން އަމިއްލައަށް އެދިގެން އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިންނެވެ. އެއީ ވިޔަފާރިއާއި މަސައްކަތުގެ އަހްލާގަށް އަހުލުވެރި ކުރުމުގެ ގޮތުންނެވެ.

Thursday, August 1, 2013

ބީވަރގެ ފުރަގަސްފަރާތުން ނުކުންނަ ދިޔަވަރުން އުފައްދާ މީރު ކާނާ - ޔަމީ


ރާސްބެރީގެ ރަހައަކީ މޭވާގެ ތެރެއިން ފާހަގަކޮއްލެވޭ މީރުރަހައެކެވެ. ކާއެއްޗެހީގައި އެރަހަލެއްވުމަށް ރާސްބެރީ ބޭނުންކުރުމުގެ ބަދަލުގައި މިހާރު އެންމެ އާއްމުކޮށް ބޭނުންކުރާ އެކަށްޗަކީ ރާސްބަރީ އާރޓިފިޝަލް ފްލޭވަރ އެވެ.

Tuesday, July 30, 2013

މިސްކިތުފަންޑާއި އޭގެ ވަތުބަތާނުގެ ވާހަކަ - އަޅުގަނޑުގެ ޚިޔާލް


މިލިޔުން ބިނާކޮއްފައި ވަނީ " މިސްކިތު ފަންޑް" އާއި އެފަންޑުން ކުރަން ކަނޑައަޅާފައިވާ މަސައްކަތުގ ބަޖެޓް އަންދާޒާ ކުރުމާއި، އިމާރާތުގެ ފްލޯރ އޭރިޔާ ހިސާބުކުރި ގޮތާއި، އަހަރެއްގެ މައްޗަށް ލިބޭނެ އާމްދަނީ އާއި ފަންޑުން ހިންގަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްގެ މަޤްސަދުތައް ހާސިލްކުރެވޭތޯ ބެލުމަށް ހަދާފައިވާ  ސްޓަޑީއެއްގެ މައްޗަށެވެ. ފަންޑްތައް ހަދައިގެން ދާއިމީ ގޮތެއްގައި އިޖްތިމާއީ ޚިދުމަތްދިނުމަކީ ދުނިޔޭގައި ކާމިޔާބުކަމާއެކު ކުރަމުންދާ ކަމެކެވެ.

Monday, July 29, 2013

ޕެންޑްރައިވް ނުވަތަ ހާރޑްޑިސްކްގައި ޕާސްވަރޑް ޖެހުން އަދި އެންކްރިޕްޓް ކުރުން


ވައިރަހުގެ އުނދަގުލުން ރައްކާތެރިކުރުމަށާއި މައުލޫމާތު ވަގަށް ނެގުން ހުއްޓުވުމަށްޓަކައި ޕެންޑްރައިވް ނުވަތަ ރިމޫވެބްލް ހަރޑްޑިސްކް ނުވަތަ ހަރޑްޑިސްކް ޕާރޓިޝަނެއްގައިވެސް ޕާސްވަރޑް ޖެހިދާނެއެވެ. އަދި އޭގައި ރައްކާކުރެވޭ މައުލޫމާތުތައް އެންކްރިޕްޓް ކުރެވިދާނެއެވެ.

Wednesday, June 26, 2013

އިންޓަނެޓްގެ ވެރިފަރާތަކީ ކާކު ؟ އިންޓަރނެޓް މަސައްކަތް ކުރަނީ ކިހިނެތް ؟

އިންޓަރނެޓަކީ ކަނޑުއަޑީގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ސަބްމެރައިން ކޭބަލްއިންނާއި ބިމުގަޑީގައި ވަޅުލާފައިވާ ކޭބަލް ތަކުންނާއި، ސެޓެލައިޓް ސިގްނަލްތަކާއި، ވައިފައި އަދި ބްލޫޓޫތް ފަދަ އެތައް ކަނެކްޝަންތަކަކުން އެތައް ނެޓްވޯރކްތަކަކާއި ގުޅި ލާމެހިފައިވާ މާސިންގާ ނެޓްވޯރކެކެވެ. ކޮންމެ ސިކުންތަކު މިމާސިންގާ ނެޓްވޯރކާއި، އެތައްހާސް ކޮމްޕިއުޓަރާއި، ކޮމްޕިއުޓަރުގެ ނިޒާމުން ގުޅުވައިދޭ އެތައްއާލާތެއް ގުޅޭއިރު އެއާއެއްވަރު އަދަދެއް ނެޓްވޯރކުން ވަކިވެގެން ދެއެވެ. ދިގުރާސްތާ ފޯންކޯލްކުރުމާއި، ޓެލެމެޑިސިން، އަދި ޓީވީ ޗެނަލްތަކުގެ ސިގްނަލް ފޮނުވަމަށާއި، ވީޑިއޯ، އޯޑިއޯ ، ފޮޓޯ އަދި ލިޔެކިޔުން ބަދަލުކުރުމުގައި އިންޓަރނެޓް ބޭނުންކުރެއެވެ.

Tuesday, June 4, 2013

ސޯމާލިޔާއިން ބަޖިޔާ އަކީ އިސްލާމްދީނާ ޚިލާފް އެއްޗެއްގެ ގޮތުގައި ކަނޑައަޅާ ބަޖިޔާ ކެއުންމަނާ ކޮއްފި !


ސޯމާލިޔާގެ ހައްދު ފަހަނަ އަޅާފައިވާ ހަތިޔާރުއެޅި  އިސްލާމީ ޖަމާއަތަކުން ބަޖިޔާ ގެންގުޅުން މަނާކޮއްފިއެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމުގައިވާ ޑެއިލީ މެއިލްގައި ބުނެފައިވާގޮތުން، އެގައުމުގައި ބަޖިޔާ ގެންގުޅުން މަނާކުރަން ޖެހުނީ ބަޖިޔާ އަކީ، ހުޅަނގާ ދޯޅަ އެއްޗަކަށް ވުމުންކަމަށެވެ. މިގޮތުން ބަޖިޔާ އާ ކްރިސްޓިއަންދީނާ ގުޅުމެއް ވާކަމަށް ސޯމާލިއާގެ ޖަމާއަތުން ހަބަރުދެއެވެ.

Thursday, May 30, 2013

ފަސޭހަކަމާއެކު ފޭސްބުކް ސްޓެޓަސް އަޕްޑޭޓްކުރެވޭނެ އާ ފަންކްޝަންތަކެއް ތައާރަފް ކޮއްފި.ފޭސްބުކް އިން އަލައް ތައާރަފްކޮއްފައިވާ ސްޓެޓަސް އަޕްޑޭޓް ފީޗަރސް އިން ފަސޭހަމަމާއި އެކު ސްޓެޓަސް އަޕްޑޭޓް ކުރެވޭނެ ގޮތައް ވަނީ ފަރުމާކޮއްފައެވެ. މިގޮތުން އެމީހެއްގެ މޫޑްއެވަގުތު ހުންނަގޮތާ ގުޅޭ އެމޯޓިކަން އާއި މެސެޖް ހިމޭނޭ ލިސްޓުގެ އައިޓަމަކަށް ކްލިކްކޮއްލައިގެން ސްޓެޓަސް އަޕްޑޭޓް ކޮއްލެވެއެވެ.  މި ސްޓެޓަސްތައް ބަހާލާފައިވަނީ މައިގަނޑު 6 ބައެއްގެ މައްޗަށެވެ. އެއީ ފީލިންގ، ވޮޗިންގ. ރީޑިންގ، ލިސިނިން ޓު، ޑްރިންކިން، އަދި އީޓިން ކިޔާ ބައިތަކަށެވެ.

Thursday, May 16, 2013

ދިވެހިންގެ ޓޮންސިލް، ސައިނަސް، ތައިރޮއިޑް އަދި އެޕެންޑިކްސް ! ؟ދިވެހިންގެ ތެރޭގައި، ސައިނަސް، ޓޮންސިލް، ތައިރޮއިޑް އަދި އެޕެންޑިކްސް ހުރެގެން ނުވަތަ އުފެދިގެން ބަލިވާމީހުން ވަރަށް ގިނައިން މީހުން ބުނެއުޅެވެ. މިއީ އަޅުގަނޑަށް ޤަބޫލުނުކުރެވޭ، ބޮލަށް އުނދަގޫވާ އަދި އެހެންބުނުމުން އެއީ ކާކުބުނި ވާހަކައެއްތޯ ސުވާލުކުރެވެއެވެ.  އިންސާނެއްވިއްޔާ، ސައިނަސް، ޓޮންސިލް، ތައިރޮއިޑް އަދި އެޕެންޑިކްސް ހުންނާނެއެވެ. އެއީ އެތެރެހަށީގެ  ބައެއް ގުނަވަންތަކަކަށް ކިޔާ ނަންތަކެކެވެ. ބައެއްފަރާތްތަކަށް ވިސްނިފައި އޮންނަނީ އެގުނަވަން ތަކަކީ ބަލިތަކެއްގެ ގޮތުގައެވެ.

Tuesday, May 14, 2013

އޭނާ އަކީ ޖިންނި މައިތިރިކޮށް ބަލިތައް ރަނގަޅުކުރާމީހެއް ! ؟އެއީ  1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ފަންޑިތައާއި، ސިހުރު ހާހޫރަ ހެދުމަކީ އެޒަމާނުގައި ދިވެހިންގެ މެދުގައި ވަރަށް އާއްމު ކަމެކެވެ. އެކަމުގެ ހުނަރާއި ފަންނު ލިބިގެންވާކަމަށް މަޝްހޫރުވެފައިވާ ބަޔަކު ރަށުގައި އުޅެއެވެ. މީގެން އެކަކީ ފަނޑިތައާއި ސިހުރު ހާހުރަ ހަދައިގެން، ބަލިތަކަށް ޝިފާ ހޯދުމަށް މަސައްކަތް ކުރާމީހެކެވެ.  ކޮންމެއަކަސް އެއްގެއަކަށް ނިސްބަތްވާ ހުރިހާކުދިން ( 4 ކުދިން ) ލޮލަށް ރަނގަޅަށް ނުފެންނަ ކަމަށާއި އަދި ރޭގަނޑުގެ ވަގުތު ތަކުގައި އެއްވެސް ގޮތަކަށް ނުފެންނަކަމަށް ބުނެ ޝަކުވާކުރަން ފަށައިފިއެވެ.  މިކަން މިހިސާބަހަށް ދިއުމުން، ފަންޑިތަހަދާމީހާ ޖިންނިގެނެސް ސުވާލުކުރުމުން އެނގިފައިވަނީ އެގޭގެ ހުރިހާކުދިންނަށް ބާރުގަދަ ސިހުރެއް ހަދާފައިވާކަމެވެ. ފަންޑިތަވެރިޔާގެ ލަފާގެ މަތިން ރޯމަހުގެ މޭތަކެއް ހޯދައި، އޭގައި ފަނޑިތަ ލިޔެ ހުރިހާކުދިންނަށް ކާންދީ ކިޔެވެލި ތަކަށްފަހު ދެތިން ދުވަހުގެ ތެރޭގައި ހުރިހާކަމެއް ރަނގަޅުވެއްޖެއެވެ. ރަށުގެ މީހުން މިކަމާ އާޝޯހްވެ އޭނާގެ މޮޅުކަމުގެ ވާހަކަދައްކާ އުޅެތެވެ.

Monday, March 18, 2013

މާލޭން ލިބެންހުރި މޭވާ އަދި ތަރުކާރީ (ކެލްސިއަމް ކާބައިޑް ) ވިހައިން ތަގައްޔަރުވެފައި.ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކާނާގެ ތެރޭގައި ހިމެނޭ މޭވާ އަދި ތަރުކާރީ އަކީ މާލޭން ފަސޭހައިން ލިބެން ހުރި އެއްޗެއް ކަމުގައި ވިޔަސް އެއީ އަވަށްޓެރި ގައުމުތަކުން އެތެރެ ކުރެވޭ ތަކެތިކަމުގައި ވުމުން ގިނަދުވަހަށް ބެހެއްޓުމަށްޓަކައި ކެމިކަލުން ޓްރީޓްކުރާކަން އެނގިފައިވާތީ އަޅުގަނޑު ބޮޑަށް ބަލަނީ ދިވެހިރާއްޖޭގައި ހައްދާ ބާވަތްތައް ލިބޭތޯއެވެ.
ނަމަވެސް މިއަދު މިވަނީ ދިވެހިރާއްޖޭގައި ހައްދާ ބާވަތްތަކަށްވެސް އިތުބާރު ގެއްލިފައެވެ. މާލެއަށް ގެނެވޭ ދޮންނުވާ މޭވާގެ ބާވަތްތައް ދޮންކުރުމަށް، ވިހަ ކެމިކަލެއް ކަމުގައިވާ ކެލްސިއަމް ކާބައިޑް ބޭނުންކުރުންވަނީ މާލޭ "ލޯކަލް މާރުކޭޓު" ގައި އާއްމު ވެފައެވެ. ކެލްސިއަމް ކާބައިޑަކީ ދުނިޔޭގެ ވަރަށް ގިނަގައުމުތަކުގައި ގެންގުޅުން މަނާކުރެވިފައިވާ  ހުދުކުލައިގައި ހުންނަ (ހިކި) ވިހަ ކެމިކަލެކެވެ.

Sunday, February 10, 2013

މުއްސަނދިކަން ހަމަހަމަ ކުރުން، ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތު 3ގައުމެއް ޖީޑީޕީ ޕަރ ކެޕިޓާ (އާމްދަނީގެ ގޮތުން އަހަރަކު ބޮލަކަށް ޖެހޭވަރު) ކިތަންމެ ވަރަކަށް މައްޗަށް ޖެހުނު ކަމުގައި ވިޔަސް ގައުމައް ތަރައްގީވެ ތަހުޒީބްވެގެން ނުގޮސްދާނެއެވެ. ބޮލަކަށް ޖެހޭވަރު ހިސާބުކުރަނީ މުޅިދައުލަތައް ( އެންމެންނަށް) ލިބޭއާމް ދަނީގެ ޖުމްލަ މުޅިއާބާދީގެ އަދަދަށް ބަހާލައިގެން ކަމުން، މަދު މުއްސަނދިންކޮޅެއްގެ އަތުގައިވާ ގިނަފައިސާގެ ސަބަބުން ބޮލަކަށް ޖެހޭ ނިސްބަތް އިތުރުވާނެއެވެ. ގައުމަށް ލިބޭ ޖުމްލަ އާމްދަނީގެ %69 އެންމެ 265 މީހުންގެ ބާރުގެ ދަށުގައި ކޮންޓްރޯލް ވެފައި އޮތުމަކީ ބިރުވެރިކަމަކަށް ވާއިރު  ބާކީ ތިބި 369335 މީހުންގެ ބާރުގެ ދަށުގައި އޮތުމުން ހާމަވެގެން ދަނީ މުއްސަނދިކަށް ހަމަ ހަމަ އަށް ބެހިފައި ނެތްކަމާއި ރައްޔިތުން ބާރުވެރިކުރުމާއި، އިގްތިސާދީ ސިޔާސަތެއް ނެތްކަމާއި ގައުމުގެ އާބާދީގެ %76 ވުރެ ބޮޑުބައި އުޅެން ޖެހިފައިވަނީ ނިކަމެތިން ގޮތުގައި ކަމެވެ.

Tuesday, January 29, 2013

ވަރަށް ސެކިޔުރ، އަހަރެންގެ އީމެއިލް އަދި ފޭސްބުކް ޕާސްވަރޑް ވަގަށް ނެގިޔަސް ބިރެއްނެތް !އީމެއިލްއާއި ސޯޝަލްނެޓްވޯރކް އެކައުންޓް ތަކުގެ ޕާސްވަރޑް ވަގަށްނެގުން ނުތަވަތަ ހައިޖެކް ކުރުމަކީ ވަރަށް ގިނަމީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގޫގުލް، ފޭސްބުކް އަދި ޔާހޫ ފަދަ ކުންފުނިތަކުން ވަނީ "ޓޫ ސްޓެޕް ވެރިފިކޭޝަން " ގެ ބޭނުން ހިފާ ތަންފީޒު ކުރަންފަށާފައެވެ.

Monday, January 21, 2013

ނެޝަނަލް ޑިވެލޮޕްމަންޓް ފްރޭމްވޯކެއް އުފެއްދުން، ދެމެހެއްޓެނެވި ތަރައްގީގެ ސިޔާސަތު 2

ޤާނޫނު އަސާސީ އިސްލާހްކޮށް އާޤާނޫނު އަސާސީއަކާއި، ގާނޫނު އަސާސީން ލާޒިމްކުރާ އެތައްގާނޫނެއް މިއަދު ވަނީ ވުޖޫދަށް އައިސްފައެވެ. އޭގައި ލިބިދީފައިވާ އެންމެ އަސާސީ ހައްގުތައްކަމުގައިވާ، ސާފު ބޯފެނާއި، ނަރުދަމާ،ކަރަންޓް، ތައުލީމް، އަދި ސިއްހީ ހިދުމަތްތައް ވަނީ އެދެވޭ މިންވަރަށްވެސް ދިވެހިރާއްޖޭ ރައްޔިތުންނަށް ފޯރުކޮށް ނުދެވިއެވެ. ކަންމިހެންވުމުގެ އަސްލެއް ކަމުގައި ވެފައިވަނީ  ސިޔާސީ ޕާޓީ ތަކުގެ މެދުގައި އުފެދޭ ކޯޅުމާއި،

Saturday, January 19, 2013

ގޫގުލް ޕްރޮޖެކްޓް ގްލާސް ގެ "ގްލާސް އެކްސްޕްލޯރަރ" އަކީ ދުނިޔެ ގުޑުވާލެނެ ގެޖެޓެއް.ޕްރޮޖެކްޓް ގްލާސް އަކީ ގޫގުލްއިން އަލަށް އީޖާދު ކުރާ " ގްލާސް އެކްސްޕްލޯރަރ" ކިޔާ  ގެޖެޓެއް އުފެއްދުމަށް ހިންގާ ޕްރޮޖެކްޓެކެވެ. ތަފާތު އެކި ފަހަރުމަތިން ގޫގުލް އިން ވަނީ މި ގެޖެޓު މަސައްކަތް ކުރާގޮތާއި މިހާތަނަށް ހަދާފައިވާ އަޖުމަ ބެލުމުގެ  ގެޖެޓުތައް އެމީހުންގެ އެކި ޝޯތަކުގައި ދައްކާލާފައެއެވެ.

މިގެޖަޓަކީ މޮބައިލް އޮޕަރޭޓިން ސިސްޓަމެއް ރަންކުރާ އަދި ތަފާތު ސޮފްޓްވެއަރ އިންސްޓޯލްކޮއްގެން އިތުރަށް ފުރިހަމަ ކުރެވޭ ގެޖެޓެކެވެ. އައިނެއްގެ ސިފައިގައި ހަދާފައިވާ ދުނިގަނޑުގައިވާ ކެމެރާއިން ފޮނުވާ ރިއަލްޓައިމްވީޑިޢޯ އާއި، އައިނު އަޅައިގެން ހުންނަ މީހާ ދައްކާ ވާހަކަތައް ވަޔަރލެސްސް ނެޓްވޯކުތަކުގެ އެހީގައި  އިންޓަރނެޓުން ބަލާ އަޑު އެހުމުގެ އިތުރަށް އެމީހަކާ ވާހަކަދެއްކޭނެ ފީޗަރސް ތައްވަނީ އޭގައި ހިމަނާފައެވެ.

Tuesday, January 15, 2013

ފޭސްބުކުން ގްރާފް ސާރޗް ތައާރަފް ކޮއްފި ، ފޭސްބުކްގެ ޕްރައިވެސީ އަށް ސަމާލުވޭ !މަޝްހޫރު ސޯޝަލް ނެޓްވޯކް ފޭސްބުކުން އާވައްތަރެއްގެ ސާރޗް ފަންކްޝަންއެއް ފޭސްބުކުގައި ހިމަނައި ފިއެވެ. ފޭސްބުކް ނިވްސް ރޫމްގައި ހަބަރުފަތުރާފައިވާ ގޮތުގައި، މިސާރޗް ފީޗަރގެ އަޖުމަ ބެލުމުގެ ގޮތުން، ބީޓާ ޓެސްޓިން ވާރޝަންއެއް އާންމުންނަށް ހުޅުވާލާފައެވެ. ބޭނުންކުރަން ފަސޭހަ އަދި އެހާމެ ހަލުވި ސާރޗް ފަންކް ޝަން ބޭނުންކޮއްގެން ފޭސްބުކުން، މީހުންނާއި ތަންތަނާ ބެހޭގޮތުން ތަފާތު ގިނަ މައުލޫމާތު ލިބޭނެ ގޮތަށް ވަނީ ފުރުސަތު ބޮޑުކޮއްފައެވެ.

Monday, January 14, 2013

ކަރަޔަކީ ވަޔަގްރާ ފަދައިން ޖިންސީބާރު ގެނެސްދޭ މޭވާއެއް ! ރޯދަމަސް.... .... .... !ކަރަޔަކީ ފަސޭހަ ކަމާއި އެކު ދިވެހި ރާއްޖޭގައި ހައްދާ އުޅޭ އަދި ދިވެހިންގެ މެދުގައި އެހާމެ މަގުބޫލް މޭވާއެކެވެ. ހާއްސަކޮށް ރޯދަމަހު ކާމޭޒުތައް ފަޅުފިލުވައި، އަދި މޭތަކަށް ފިނަކަން ގެނެސްދޭ ބައިވެރިޔެކެވެ. ކަރާގެ މީރުކަމާއި ފޮނިކަމުގެ އިތުރުން އެއީ ތަފާތު ގިނަބަލި ތަކަށް ފަރުވާއެއްކަން ފަހުގެ ދިރާސާ ރިޕޯޓް ތަކުން ވަނީ އެނގިފައެވެ.  ހަމައެހެންމެ އެއީ ހަށިގަނޑުގައިވާ ވިހަމާއްދާތައް ބޭރުކޮއްދޭ ގުދުރަތީ އެންޓިއޮކްސިޑެންޓެކެވެ.

Saturday, January 12, 2013

ކްލަޔަންޓް ސައިޑް އަދި ސަރވަރ ސައިޑް ސްކްރިޕްޓިންގ އަކީ ކޮބާ؟


ސަރވަރސައިޑް ސްކްރިޕްޓިންގ އަކީ ވެބްސަރވަރއެއްގައި ސްކްރިޕްޓް ފައިލްތައް ރަންކުރުމަށްފަހު އޭގެ ނަތީޖާ ސިސްޓަމް ބޭނުންކުރާ މިހާގެ ކޮމްޕިއުޓަރާއި ހިސާބަށް ޑައިނަމިކްކޮށް ގެނެސްދޭ ވެބްސަރވަރ ޓެކްނޮލޮޖީ އެކެވެ. މިޓެކްނޮލޮޖީ ބޭނުންކުރަނީ ޕްރޮގްރާމިންގެ އުކުޅުތައް ބޭނުންކޮއްގެން ޔޫޒަރ އަށް އެއާއި ކުޅެގެން ތަފާތު ނަތީޖާ ނެރެވޭ ވެބް ބޭސްޑް ސޮފްޓް ވެއަރ ހެދުމަށެވެ.

Thursday, January 10, 2013

ސިހުރުވަޅަކަށް ގަނބައިގަތުމުން 12 ދަރިން މަރުވި ހިތާމަވެރި ހާދިސާ.އަޅުގަނޑު ކުޑައިރު މިސްކިތަށް ދާއިރު ސަހަރާގެ އަރިމަތީގައި ވަރަށް ގިނައަދަދެއްގެ ކުޑަކުދިންތަކެއްގެ މަހާނަތަކެއް ފެންނަން ހުރެއެވެ. އެއީ ކޮންކުދިންނެއްތޯ މީހުންނާ ސުވާލު ކޮއްލުމުން ބުނަނީ އެއީ އެކަކުގެ ދަރިން ކަމަށެވެ. ބުނެވޭގޮތުގައި 1940 ގެ އަހަރު ތަކުގެ ތެރޭގައި، އެކުދިންގެ މަންމަގެ އުމުރުން އެންމެ ޒުވާން ދުވަސްވަރުގައި ދަރުކޮށަން ވަލަށް ވަދެ އުޅުމުގެ ތެރޭގައި ސިހުރު ވަޅަކަށް ގަނބައިގަތެވެ.

 ބުނެވޭ ގޮތުގައި ހަދާފައި ހުރި ސިހުރެއްގެ ބާރުގަދަ ކަމުން އޭނާޔަށް ލިބޭ ކޮންމެ ކުއްޖެއްވެސް އުމުރުން އަހަރަކާ ހިސާބަށް ދާއިރަށް ޖިންނި އެކުއްޖާ ގައިތެރެއަށް ވަދެ ލޭބޮއި ހުސްކޮއްލުމުން، ދޮންފޫޑުވެ، ކާޑޫބަލި ޖެހި ކުއްޖާގެ ޅައުމުރުގައި މަރުވެއެވެ. ކަންތައް މިހެންވަމުންގޮސް އެތައްކުދިންނެއް މަރުވިފަހުން،  ފަންޑިތަވެރިންގެ ކިވެލިތަކާއި ތަވީދުތައްލިޔެ ދިވެހިބޭސް ކުރުމުން އެއްކުއްޖަކު ބޮޑުވެ މިހާރުވެސްދިރި އެބަހުއްޓެވެ. އެހެންނަމަވެސ އޭގެ ފަހުން ލިބުނު ހުރިހާ ކުދިން ކުރިއެކޭ އެއްގޮތަށް ވަނީ މަރުވެފައެވެ.

Tuesday, January 8, 2013

އަހަރެންވެސް އިންކޮންގޮނީޓޯ، ސޭފް، ޕްރައިވެޓް އިންޓަރނެޓް ބްރައުޒިންގ

ގޫގުލް ކްރޯމް، މޮޒިއްލާ ފަޔަރ ފޮކްސް އަދިވެސް ފަހުގެ ގިނަ ބްރައުޒަރ ތަކުގައި، އިންޓަރނެޓް ބްރައުޒްކުރާ މީހުން ނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ޕްރައިވެޓް ބްރައުޒިންގެ ގެ ފީޗަރ ވަނީ ހިމަނާ ފައެވެ. މިފީޗަރ އޮންކޮއްގެން ބްރައުޒަރ ބޭނުންކުރާނަމަ، ވަދެފައިވާ ސައިޓުތަކުގެ މައުލޫމާތާއި، ކުކީއާއި، ފޯރމް އޮޓޯފިލް އިންފޮރމޭޝަން އާއި ޕާސްވޯޑް ފަދަ ޕަރސަނަލް ރެކޯރޑްސް ތައް ސިސްޓަމުގައި ރައްކައެއް ނުކުރާނެއެވެ.

Sunday, January 6, 2013

އަމިއްލަ ކެނޑިޑޭޓުންގެ ހައިސިއްޔަތާއި ކޮރަޕްޝަނާއި މަލްޓިޕާޓީ ޑިމޮކްރަސީ


އަމިއްލަ މެމްބަރު، މިނިވަން ކެނޑިޑޭޓް، މިނިވަން މެމްބަރު ފަދަ ބަސްތަކަކީ ސިޔާސީ އުދަރެހުން ވަރަށް ގިނައިން ފެންނަ ބަސްތަކެކެވެ. ދިވެހިރާއްޖޭގައި ވެރިކަމުގެ ނިޒާމް ކަނޑައަޅަން ކުރިބަހުސްތަކުގެތެރެއިން ދިވެހި ގާނޫނު އަސާސީގައި  ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގައި އޮންނަން ޖެހޭނޭ މަލްޓިޕާޓީ އަށް ޖާގަދެވޭ ޕްރެޒިޑެންޝިއަލް ވެރިކަމެއް ކަމަށެވެ. ހަމަ އެޔާއި އެކު ވެރިކަން ކުރާނެ ގޮތާއި، ވެރިކަމުގެ ނިޒާމް ބައްޓަންކޮއްފައިވަނީ ލާމަރުކަޒީ ވެރިކަމެއް ކުރާގޮތަށެވެ. ރައްޔިތުންގެ މަޖިލިހާއި، އަތޮޅުކައުންސިލާއި، ރަށުކައުންސިލް ތަކުގެ އިތުރު މިފަދަ އިންތިހާބީ މަގާމްތަކަށް މެމްބަރުން އިންތިހާބް ކުރުމަށް، ޕާޓީތަކުގެ ފަރާތުންނާއި، އަދި އަމިއްލަގޮތުން  ކުރިމަތިލެވޭނެކަން ޤާނޫނު އަސާސީގައި ބަޔާންކޮއްފައިވެއެވެ.

There was an error in this gadget

Adam Fathuhy