Saturday, January 19, 2013

ގޫގުލް ޕްރޮޖެކްޓް ގްލާސް ގެ "ގްލާސް އެކްސްޕްލޯރަރ" އަކީ ދުނިޔެ ގުޑުވާލެނެ ގެޖެޓެއް.



ޕްރޮޖެކްޓް ގްލާސް އަކީ ގޫގުލްއިން އަލަށް އީޖާދު ކުރާ " ގްލާސް އެކްސްޕްލޯރަރ" ކިޔާ  ގެޖެޓެއް އުފެއްދުމަށް ހިންގާ ޕްރޮޖެކްޓެކެވެ. ތަފާތު އެކި ފަހަރުމަތިން ގޫގުލް އިން ވަނީ މި ގެޖެޓު މަސައްކަތް ކުރާގޮތާއި މިހާތަނަށް ހަދާފައިވާ އަޖުމަ ބެލުމުގެ  ގެޖެޓުތައް އެމީހުންގެ އެކި ޝޯތަކުގައި ދައްކާލާފައެއެވެ.

މިގެޖަޓަކީ މޮބައިލް އޮޕަރޭޓިން ސިސްޓަމެއް ރަންކުރާ އަދި ތަފާތު ސޮފްޓްވެއަރ އިންސްޓޯލްކޮއްގެން އިތުރަށް ފުރިހަމަ ކުރެވޭ ގެޖެޓެކެވެ. އައިނެއްގެ ސިފައިގައި ހަދާފައިވާ ދުނިގަނޑުގައިވާ ކެމެރާއިން ފޮނުވާ ރިއަލްޓައިމްވީޑިޢޯ އާއި، އައިނު އަޅައިގެން ހުންނަ މީހާ ދައްކާ ވާހަކަތައް ވަޔަރލެސްސް ނެޓްވޯކުތަކުގެ އެހީގައި  އިންޓަރނެޓުން ބަލާ އަޑު އެހުމުގެ އިތުރަށް އެމީހަކާ ވާހަކަދެއްކޭނެ ފީޗަރސް ތައްވަނީ އޭގައި ހިމަނާފައެވެ.


ދުނިގަނޑުގެ ކަނާތްފަރާތުގައިވާ ބިއްލޫރިކޮޅުން އައިނުގައިވާ މޮބައިލް އޮޕަރޭޓިން ސިސްޓަމްގެ ޑިސްޕްލޭ ފެންނަން އިންނަ އިރު، ގޫގުލް މެޕްގެ އެހީގައި ތަންތަނަށް ދިއުމަށް ބޭނުންވާ އިރުޝާދު އަޑުންނާއި އަދި ޑިސްޕްލޭގައިވާ ޗާޓުން ދައްކައިދެއެވެ. މިސާލަކަށް ގޯޅިއަޅަންވުމުން އަޅަންވީ ފަރާތާއި، ދާންއުޅޭ ހިސާބާއި ހުރި ދުރުމިންވެސް ބުނެދެއެވެ.  މީގެ އިތުރުން ލަވަޖެހުމާއި މުނިފޫހި ފިލުވުމަށް ފީޗަރސް ތައް ހިމަނާފައިވާ އިރު ވޮއިސް އަދި ސްޕީޗް ރިކަގްނިޝަން ޓެކްނޮލޮޖީގެ އެހީގައި އައިނު ބޭނުންކުރާ މީހާ ކުރާ ބައެއް އަމުރުތައް ދެނެގަނެ، އެއަމުރަކަށް ކިޔަމަންވުމުގެ ގޮތުން އެކަމެއް ކޮއްދެއެވެ. މިސާލަކަށް ލަވައެއް ޖަހައި ދިނުމަށް އަމުރުކުރުމުން އެކަން ކޮއްދެއެވެ. މީގެ އިތުރުން ގޫގުލް ޕްލަސް ސޯޝަލް ނެޓްވޯކާއި އަދި ވެސް ގޫގުލްގެ ތަފާތު ފީޗަރސްތައް ބޭނުން ކުރެވެއެވެ.

މިހަފްތާގެ ތެރޭގައި ގޫގުލް އިން ބުނެފައިވާ ގޮތުގައި  ސޮފްޓްވެއަ ލިޔަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށާއި، ހެކަތޯން ( ސޮފްޓް ވެއަރ ލިޔުމުގެ މުބާރާތް ) އެއް ބޭއްވުމަށް  ޖެނުއަރީ 28 އަދި 29 ގައި ބާއްވާ ފައުންޑްރީ އިވެންޓަށް ނަގާނީ ހޮވާލެވޭ މަދު ބަޔެކެވެ. 

މިއަހަރު ނިމުމުގެ ކުރިން މިގެޖެޓް ބާޒާރުން ލިބޭނެކަމަށް ބެލެވެއެވެ.

ވީޑިއޯ 1


ވީޑިއޯ 2

ރިފަރެންސް:





No comments:

Post a Comment

There was an error in this gadget

Adam Fathuhy