Tuesday, January 15, 2013

ފޭސްބުކުން ގްރާފް ސާރޗް ތައާރަފް ކޮއްފި ، ފޭސްބުކްގެ ޕްރައިވެސީ އަށް ސަމާލުވޭ !



މަޝްހޫރު ސޯޝަލް ނެޓްވޯކް ފޭސްބުކުން އާވައްތަރެއްގެ ސާރޗް ފަންކްޝަންއެއް ފޭސްބުކުގައި ހިމަނައި ފިއެވެ. ފޭސްބުކް ނިވްސް ރޫމްގައި ހަބަރުފަތުރާފައިވާ ގޮތުގައި، މިސާރޗް ފީޗަރގެ އަޖުމަ ބެލުމުގެ ގޮތުން، ބީޓާ ޓެސްޓިން ވާރޝަންއެއް އާންމުންނަށް ހުޅުވާލާފައެވެ. ބޭނުންކުރަން ފަސޭހަ އަދި އެހާމެ ހަލުވި ސާރޗް ފަންކް ޝަން ބޭނުންކޮއްގެން ފޭސްބުކުން، މީހުންނާއި ތަންތަނާ ބެހޭގޮތުން ތަފާތު ގިނަ މައުލޫމާތު ލިބޭނެ ގޮތަށް ވަނީ ފުރުސަތު ބޮޑުކޮއްފައެވެ.

 މިސާލަކަށް ރަހްމަތްތެރިން އެންމެ ގަޔާވަނީ ކޮންކަހަލަ މިއުޒިކެއް ތޯއާއި، ލަންޑަންގައި ހުރި ރެސްޓޮރަންޓް ތަކަކީ ކޮބައިތޯ އާއި އަހަރެންގެ ތިމާގެ މީހުން ނުވަތަރައްޓެހިން ގޮސްފައިވަނީ ކޮންގައުމު ތަކަކަށް ތޯވެސް ބަލާ ލެވިދާނެއެވެ. އަދި މިހާތަނަށް އަހަރެން ނުވަތަ މިވެނި މީހެއް ލައިކް ކޮއްފައިވާ ހުރިފާ ފޮޓޯއެއް ނުވަތަ ސްޓެޓަސް ތަކަކީ ކޮބައިކަންވެސް ބަލައި ލެވިދާނެއެވެ. މިގޮތަށް ގޫގުލް ސާރޗް އާއި ދާދި އެއްގޮތަށް ފޭސްބުކްގައި ރައްކާ ކޮއްފައިވާ މައުލޫމާތުތައް ގްރާފް ސާރޗުން ހޯދޭނެއެވެ.

ޕްރައިވެސީ އަށް އިސްކަންދޭ ފޭސްބުކް ބޭނުންކުރާ ފަރާތް ތަކުން މިކަމަށް ސަމާލުވުމަށް ގޮވާލަމެވެ. ގިނަ މީހުންނަށް ދައްކަން ބޭނުންނުވާ މައުލޫމާތުތައް އެހެންމީހުންނަށް ނުފެންނަ ގޮތަށް ފޭސްބުކް ޕްރައިވެސީ ސެޓިންގ ބަދަލު ކޮއްލާށެވެ. ކުރެވޭ ސަރޗް ތަކުގެ ރިސަލްޓް ޕޭޖަށް ހާމަ ކުރަން ބޭނުން ނުވާ މައުލޫމާތުތައް ވެސް އަރާނެއެވެ.

ގްރާފް ސަރޗްގެ އަޖުމަބަލާ ތަޖުރިބާ ކުރަން ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން ފޭސްބުކް ގްރާފް ސަރޗްގެ ވެއިޓިންލިސްޓްގައި ޖެއްސުމަށް ފޭސްބުކުން އެދެއެވެ. ތިރީގައިވާ ލިންކުން ވެއިޓިންގ ލިސްޓްގައި ޖެއްސޭނެ އެވެ. https://www.facebook.com/about/graphsearch


No comments:

Post a Comment

There was an error in this gadget

Adam Fathuhy