Monday, January 21, 2013

ނެޝަނަލް ޑިވެލޮޕްމަންޓް ފްރޭމްވޯކެއް އުފެއްދުން، ދެމެހެއްޓެނެވި ތަރައްގީގެ ސިޔާސަތު 2

ޤާނޫނު އަސާސީ އިސްލާހްކޮށް އާޤާނޫނު އަސާސީއަކާއި، ގާނޫނު އަސާސީން ލާޒިމްކުރާ އެތައްގާނޫނެއް މިއަދު ވަނީ ވުޖޫދަށް އައިސްފައެވެ. އޭގައި ލިބިދީފައިވާ އެންމެ އަސާސީ ހައްގުތައްކަމުގައިވާ، ސާފު ބޯފެނާއި، ނަރުދަމާ،ކަރަންޓް، ތައުލީމް، އަދި ސިއްހީ ހިދުމަތްތައް ވަނީ އެދެވޭ މިންވަރަށްވެސް ދިވެހިރާއްޖޭ ރައްޔިތުންނަށް ފޯރުކޮށް ނުދެވިއެވެ. ކަންމިހެންވުމުގެ އަސްލެއް ކަމުގައި ވެފައިވަނީ  ސިޔާސީ ޕާޓީ ތަކުގެ މެދުގައި އުފެދޭ ކޯޅުމާއި،
މަހުޖަނުންގެ ހީލަތްތެރި ރޭވުމުގެ ދަށުން ތަރައްގީ ޕްރްޖެކްޓްތައް ހުއްޓުވައި، އިގްތިސާދީ ހަރަކާތްތައް ވަކިފަންތިއެއްގައި ވަކި ބަޔަކަށް މަންފާ ލިބޭގޮތައްނޫނީ، ގާނޫނުތައް ބައްޓަން ވުމުންނާއި ސިޔާސީ ޕާޓީތަކުގެ ދެފުއް ދެގޮތް ސިޔާސަތުގެ ސަބަބުންނެވެ. ރިޔާސީ ދައުރުގައި ކުރުމަށް އެއްބަޔަކަށް ޓްއަރިޒަމް މަސައްކަތާއި ގުޅުންހުރި މަސައްކަތް މުހިއްމުވާއިރު އަނެއްބަޔަކަށް ގެދޮރު އެޅުންނޫން ކަމެއް މުހިއްމު ކަމަށް ނުދެކިދާނެވެ.

މިފަދަ ކޯޅުންތައް ހައްލުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، ދުރުރާސްތާ (10 – 30 އަހަރު)، ޕްލޭންތައް ރާވާ އެކަށަ އެޅުމަށް ނެޝަނަލް ޑިވެލޮޕްމަންޓް ފްރޭމްވޯކެއް އުފެއްދުން މިވަނީ ދިވެހިރާއްޖެއަށް ނުހަނު ބޭނުންވެފަވެ. މިފްރޭމްވޯރކް ވެގެންދާނީ ދިވެހިރާއްޖޭ ތަރައްގީ ތަސައްވަރުގެ މައިބަދައަށް ކަމުން، ސިޔާސީ ޕާޓީ ތަކުގެ މެނިފެސްޓޯ އެކަށަ އެޅެންޖެހޭނީ ، ނެޝަނަލް ޑިވެލޮޕްމަންޓް ފްރޭމްވޯކްގައިވާ ގޮތުގެ މަތިން އޭގައިވާ ގޯލްތައް ހާސިލް ކުރުމަށެވެ.

 މިގޮތަށް ކަން ކޮއްފިނަމަ ކޮންމެ ސިޔާސީ ޕާޓީއަކުން ވެރިކަން ކުރި ކަމުގައި ވިޔަސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ދިއުމުގެ އިތުރުން ކުރިޔަށް އޮތް އަހަރު ތަކުގައި ގައުމުތަރައްގީވެގެންދާނެ ދާއިރާތަކާއި، ސަރަހައްދުތައް ރައްޔިތުންނަށްއެނގި އެމަޝްރޫތަކަށް ކުރިޔާލާ ތައްޔާރުވެ އިންވެސްޓް ކުރުމަށް މަގުފަހިވެގެން ދާނެއެވެ. މީގެ އިތުރުން ގައުމުގެ އިޤްތިސާދީ ދުވެލި މިނާ ކިރަން ފަސޭހަ ވުމުގެ އިތުރުން، ޙަރަދުތައް ކުޑަކޮށް، އިޤްތިސާދީ އަޑިގުޑަންތަކުން އަރައިގަތުމަށް އެތައް ގުނަޔަކަށް ފަސޭހަ ވެގެން ދާނެއެވެ. މީގައި ސެންޓްރަލް ބޭންކްގެ ދައުރު ނުހަނު ބޮޑުކަމަށްވާއިރު ސެންޓްރަލްބޭންކަށް ސިޔާސީ ޕާޓީތަކުގެ އަދި ސަރުކާރުގެ ނުފޫޒު ކުޑަކުރުމަކީ ނުހަނު ބޭނުން ކަމެކެވެ.

 ކުރުގޮތަކަށް ބުނާނަމަ ދިގުމުއްދަތުގެ އިޤްތިސާދީ ހަރަކާތްތައް ޕްލޭންކުރާ ބަޔަކަށް ވާނީ ނެޝަނަލް ޕްލޭނިން ކައުންސިލް އެވެ. އަދި ތަންފީޒު ކުރާ ބަޔަކަށް ވާނީ ސަރުކާރެވެ.  ހަމަ އެހެންމެ ފާރަވެރި ބަޔަކަށް ވާނީ އިދިކޮޅުސިޔާ ޕާޓީތަކެވެ.

މިހާތަނަށް ދިވެހިރާއްޖޭގެ އިޤްތިސާދު ގޮސްފައިވަނީ ހަމައެއް ލަމައެއް ނެތި  ހަމަ އެހެންމެ ރޭވުންތެރިކަމެއް ނެތިއެވެ. ނަމެއްގައި ޑިޕާރޓމަންޓް އޮފް ޕްލޭނިންގް ކިޔާ މުއައްސަސާއެއް އުފެދިފައިވީނަމަވެސް، ސިޔާސީ ޕާޓީތަކުންނާއި، ސަރުކާރުން، ހަމައެހެންމެ ސެންޓްރަލްބޭންކް ކަމުގައިވާ މޯލްޑްވްސް މަނިޓަރީ އޮތޯރިޓީން ޕްލޭނިންޑިޕާޓްމަންޓްގް ތަފާސް ހިސާބުގެ މައްޗަށް އިޝާރާތްކޮށް އިޤްތިސާދު ނެގެހެއްޓުމައް މަސައްކަތްކުރާތަނެއް ނުފެނެއެވެ.

ކުރިއަށްއޮތް ތަނުގައި ދިވެހިރާއްޖޭގައި މިފަދަ ފްރޭމްވޯކެއް ހެދިގެން ނޫނީ ދެމެހެއްޓެނިވި ތަރައްގީ ނުލިބޭނެއެވެ. ވީމާ ރައްޔިތުން މިކަމަށް ހޭލުންތެރިވެ ކަމާބެހޭ މުއައްސަސާ ތަކުގެ ތެރެއިން މިކަމަށް އަމަލީ ސިފަ ގެނައުންނުހަނު މުހިއްމެވެ. 

No comments:

Post a Comment

There was an error in this gadget

Adam Fathuhy