Tuesday, January 8, 2013

އަހަރެންވެސް އިންކޮންގޮނީޓޯ، ސޭފް، ޕްރައިވެޓް އިންޓަރނެޓް ބްރައުޒިންގ

ގޫގުލް ކްރޯމް، މޮޒިއްލާ ފަޔަރ ފޮކްސް އަދިވެސް ފަހުގެ ގިނަ ބްރައުޒަރ ތަކުގައި، އިންޓަރނެޓް ބްރައުޒްކުރާ މީހުން ނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ޕްރައިވެޓް ބްރައުޒިންގެ ގެ ފީޗަރ ވަނީ ހިމަނާ ފައެވެ. މިފީޗަރ އޮންކޮއްގެން ބްރައުޒަރ ބޭނުންކުރާނަމަ، ވަދެފައިވާ ސައިޓުތަކުގެ މައުލޫމާތާއި، ކުކީއާއި، ފޯރމް އޮޓޯފިލް އިންފޮރމޭޝަން އާއި ޕާސްވޯޑް ފަދަ ޕަރސަނަލް ރެކޯރޑްސް ތައް ސިސްޓަމުގައި ރައްކައެއް ނުކުރާނެއެވެ.

ގޫގުލް ކްރޯމްގެ މިފީޗަރ އަށް ކިޔަނީ އިންކޮންގޮނީޓޯ މޯޑަށް ވާއިރު ފަޔަފޮކްސެ ހަމަ އެފީޗާއަށް ކިޔަނީ ޕްރައިޥެޓް ބްރައުޒިން އެވެ. ފަޔަފޮކްސް އިން މިފީޗަރ ބޭނުންކުރުމަށް ޓޫލްސް މެނޫއަށްގޮސް ޕްރައިވެޓް ބްރައުޒިން ނަގާށެވެ. ނުވަތަ ކީބޯޑް ޝޯރޓްކަޓް Ctr + Shift + P އަށް ފިއްތާލާށެވެ. ގޫގުލް ކްރޯމްގައި ބޭނުންކުރާ ޝޯރޓްކަޓަކީ Shift+Ctr+N އެވެ.
ފަޔަފޮކްސްގައި ޕްރައިވެޓް ބްރައުޒިން އޮން ކުރުމުން އާދައިގެ ގޮތަށް ބްރައުޒް ނުކުރެވޭނެއެވެ. އެހެންނަމަވެސް ގޫގުލް ކްރޯމް ބްރައުޒަރ އިން ކޮންގްނީޓޯ މޯޑް އޮން ކުރުމުން ކޮންގޮނިޓޯއަށް ހާއްސަ އާ ވިންޑޯއެއް ހުޅުވޭނެއެވެ. އަދި އެއްފަހަރާ އިންކޮންގޮނީޓޯކޮށް ނާއި އާދައިގެ ގޮތައް ބްރައުޒް ކުރެވޭނެއެވެ. އެންމެ ފަހުން މޮޒިއްލާއިން ނެރުނު ފަޔަފޮކްސް އިން ކްރޯމް އާއި އެއްގޮތައް އެއްފަހަރާ ޕްރައިވެޓް އަދި ނޯމަލްކޮށް ބްރައުޒް ކުރެވެއެވެ.


މިފީޗަރ ބޭނުންކުރަން އެންމެ މުނާސަބު ވަގުތުތަކަކީ، އެމީހަކު ވަންނަ ސައިޓތައް އެހެންމީހުންނަށް އަންގަން ބޭނުންނުވާ ފަހަރުތަކާއި އާއްމު ތަންތާގައި ބަހައްޓާފައި ހުންނަ ކޮމްޕިއުޓަރ ތަކުން އިންޓަރނެޓް ބޭނުންކުރާއިރުއެވެ.

އިންޒާރުގެ ނޯޓިސް:
 ބްރައުޒަރ އިން ޕަރސަނަލް މައުލޫމާތު ތައް ރައްކާ ނުކުރި ކަމުގައި ވިޔަސް އިންޓަރނެޓް ހިދްމަތް ފޯރުކޮއްދޭ ބައެއް ކުންފުނިތަކުން އެފަދަ ރެކޯޑްތައް ރައްކާކޮށް ވަކި މުއްދަތެއް ވަންދެން ގެންގުޅޭނެއެވެ. ނުވަތަ ވިއްކާވެސް ހަދާފާނެއެވެ.

އަމިއްލަ ނަފްސް ދިފާއުކޮށް ރައްކާތެރިކުރުމެ ގޮތުން ކޮންމެ މީހަކީވެސް އިންކޮންގޮނިޓޯ މީހަކަށް ވާން ޖެހެއެވެ. އެންމެންނަށްވެސް ވަރަށް އުފާވެރި، ބާއްޖަވެރި ރައްކާތެރި އިންކޮންގޮނީޓޯ ދުވަހަކަށް އެދެމެވެ. ވައްސަލާމް.


No comments:

Post a Comment

There was an error in this gadget

Adam Fathuhy