Saturday, January 12, 2013

ކްލަޔަންޓް ސައިޑް އަދި ސަރވަރ ސައިޑް ސްކްރިޕްޓިންގ އަކީ ކޮބާ؟


ސަރވަރސައިޑް ސްކްރިޕްޓިންގ އަކީ ވެބްސަރވަރއެއްގައި ސްކްރިޕްޓް ފައިލްތައް ރަންކުރުމަށްފަހު އޭގެ ނަތީޖާ ސިސްޓަމް ބޭނުންކުރާ މިހާގެ ކޮމްޕިއުޓަރާއި ހިސާބަށް ޑައިނަމިކްކޮށް ގެނެސްދޭ ވެބްސަރވަރ ޓެކްނޮލޮޖީ އެކެވެ. މިޓެކްނޮލޮޖީ ބޭނުންކުރަނީ ޕްރޮގްރާމިންގެ އުކުޅުތައް ބޭނުންކޮއްގެން ޔޫޒަރ އަށް އެއާއި ކުޅެގެން ތަފާތު ނަތީޖާ ނެރެވޭ ވެބް ބޭސްޑް ސޮފްޓް ވެއަރ ހެދުމަށެވެ.

ވެބްސަރވަރގައި ރައްކާކޮއްފައިވާ ފައިލްތައް ރަންކުރުމުން އޭގެ ނަތީޖާ ބްރައުޒަރއާއި ހަމައަށް އަންނާނީ އެޗް.ޓީ.އެމް.އެލް އަށް ބަދަލު ވެގެންކަމުން، ސްކްރިޕްޓް ފައިލްތައް ސިސްޓަމް ބޭނުންކުރާ އިންޑް ޔޫސަރ އަކަށް ނުފެންނާނެއެވެ. ސަރވަރސައިޑް ސްކްރިޕްޓް ޕްރޮގްރާމިންގައި ޑޭޓާބޭސް އަކުން މައުލޫމާތު ނަގައި ރައްކާކޮށް، ބަދަލު ގެނައުމަށް ، އެ ސްކްރިޕްޓިންގ ލޭންގްއެޖަކާއެކު، އެސް.ކިއު.އެލް (ސްޓްރަކްޗަރޑް ކްއެރީ ލޭންގްއޭޖް ) ބޭނުން ކުރެއވެ. މިސާލަކަށް  ޕީއެޗްޕީ އަކީ ވެބް ޑިވެލޮޕްކުރަން ގެންގުޅޭ އެންމެ މަގުބޫލް އޯޕަންސޯސް އެއްޓެކްނޮލޮޖީ އެވެ. ޕީއެޗްޕީ އާއި އެކޮށް  އާއްމުކޮށް ބޭނުންކުރާ ޑޭޓާބޭސް އަކީ މައިއެސްކިއުއެލް (މައިސީކުއަލް) އެވެ.
އެންމެ މަޤްބޫލު ސަރވަރސައިޑް ސްކްރިޓިން ލެންގްއޭޖް ތަކުގެ ތެރޭގައި، php, Perl, python, ASP.Net, java ފަދަ ލޭންގްއޭޖްތައް ހިމެނެއެވެ.

ކްލަޔަންޓް ސައިޑް ސްކްރިޕްޓިންގ ޓެކްނޮލޮޖީގައި މަސައްކަތް ކުރާ މައި އިންޖީނަކީ ވެބް ބްރައުޒަރ އެވެ. މިފަދަ ސްކްރިޕްޓް ބޭނުންކުރަނީ ޔޫޒަރ އަށް ފެންނަބައި ( ޔޫޒަރ އިންޓަރފޭސް) ޑިޒައިން ކުރުމަށެވެ. މިސާލަކަށް ބެނާއަށް ފިތާލުމުން ރީތިގޮތަކަށް އެނިމޭޝަނަކާއި އެކު ފޮޓޯތައް އަތުރާލުމާއި، ކުދިކުދި ހިސާބު ހެދުމަށާއި، ވެބްބޭސްޑް ޕްރޮގްރާމްގެ ސްޕީޑް އަވަސް ކުރުމަށެވެ.  ކްލަޔަންސައިޑް ސްކްރިޕްޓުން ޕްރޮގްރާމް ހެދުމަށް ، އެބޭނުންކުރާ ސްކްރިޕްޓިންގ ލޭންގުއެޖަކާ އެކު އެޗްޓީއެމްއެލް އާއި ސީ.އެސް.އެސް ބޭނުން ކުރުމުން، ބްރައުޒަރގައި ރީތި ފޯމެޓްތަކަށް ދައްކައިދޭން ފަސޭހަވާނެއެވެ.
 ފަހުގެ ހުރިހާ ބްރައުޒަރ އެއްވެސް ޑިވެލޮޕްކޮއްފައި ހުންނަނީ އާއްމުކޮއް ބޭނުންކުރާ ކްލަޔަންޓް ސައިޑް ސްކްރިޕްޓިން ޓެކްނޮލޮޖީ މަސައްކަތް ކުރާ ގޮތަށެވެ. މިސާލަކަށް ހުރިހާ ބްރައުޒަރއެއްގައިވެސް ފަސޭހަ ކަމާއިއެކު ޖާވާ ސްކްރިޕްޓް މަސައްކަތްކުރާއިރު، ވީބީ ސްކްރިޕްޓް މަސައްކަތްކުރަނީ މަދު ބްރައުޒަރ އެއްގައެވެ. ސަލާމަތީ ސަބަބު ތަކަށް ޓަކައި ކްލަޔަންސައިޑް ސްކްރިޕްޓިންގ ލޭންގްއޭޖް ތަކަކީ ވެބްބްރައުޒަރގެ ސަރައްހައްދު ފަހަނާ އަޅާގޮސް ސިސްޓަމްގެ ތެރެއަށް ނުވަދެވޭ ގޮތަށް ޑިވެލޮޕް ކޮއްފައިވާ ލޭންގްއޭޖް ތަކެކެވެ. އެންމެ މަގްބޫލް ކްލަޔަންސައިޑް ސްކްރިޕްޓިންގ ލޭންގުއޭޖަކީ ޖާވާ ސްކްރިޕްޓް  އެވެ.

ވެބް ބޭސްޑް ސޮފްޓްވެއައ ޑިވެލޮޕަރއަކަށް ވާންބޭނުންނަމަ  ކްލަޔަންޑް ސައިޑް އަދި ސަރވަރ ސައިޑް ސްކްރިޕްޓިން ދަސްކުރަންޖެހޭނެއެވެ. މީގެ އިތުރުން ރީތިކޮށް ވެބް އިންޓަރފޭސް ބެހެއްޓުމަށް ޓަކައި ސީ.އެސް.އެސް (ކާސްކޭޑިން ސްޓައިލް ޝީޓް) އާއި އެޗް.ޓީ.އެމް.އެލް ( ހައިޕަރޓެކްސްޓް މާރކަޕް ލޭންގްއޭޖް ) ދަސްކުރަންޖެހެއެވެ. ވެބްޑެވެލޮޕަރުންގެ މައިނގަނޑު މަސައްކަތަކީ ސޮފްޓެވައރގެ އިންޖީނުތައްޔާރުކުރުމަށް ވާއިރު ޔޫޒަރ އިންޓަރފޭސް ޑިޒައިނަރުންގެ މަސައްކަތަކީ ޔޫޒަރއަށް ފެންނަން އިންނަބައި ޑިޒައިންކުރުމެވެ. 

No comments:

Post a Comment

There was an error in this gadget

Adam Fathuhy