Thursday, January 10, 2013

ސިހުރުވަޅަކަށް ގަނބައިގަތުމުން 12 ދަރިން މަރުވި ހިތާމަވެރި ހާދިސާ.އަޅުގަނޑު ކުޑައިރު މިސްކިތަށް ދާއިރު ސަހަރާގެ އަރިމަތީގައި ވަރަށް ގިނައަދަދެއްގެ ކުޑަކުދިންތަކެއްގެ މަހާނަތަކެއް ފެންނަން ހުރެއެވެ. އެއީ ކޮންކުދިންނެއްތޯ މީހުންނާ ސުވާލު ކޮއްލުމުން ބުނަނީ އެއީ އެކަކުގެ ދަރިން ކަމަށެވެ. ބުނެވޭގޮތުގައި 1940 ގެ އަހަރު ތަކުގެ ތެރޭގައި، އެކުދިންގެ މަންމަގެ އުމުރުން އެންމެ ޒުވާން ދުވަސްވަރުގައި ދަރުކޮށަން ވަލަށް ވަދެ އުޅުމުގެ ތެރޭގައި ސިހުރު ވަޅަކަށް ގަނބައިގަތެވެ.

 ބުނެވޭ ގޮތުގައި ހަދާފައި ހުރި ސިހުރެއްގެ ބާރުގަދަ ކަމުން އޭނާޔަށް ލިބޭ ކޮންމެ ކުއްޖެއްވެސް އުމުރުން އަހަރަކާ ހިސާބަށް ދާއިރަށް ޖިންނި އެކުއްޖާ ގައިތެރެއަށް ވަދެ ލޭބޮއި ހުސްކޮއްލުމުން، ދޮންފޫޑުވެ، ކާޑޫބަލި ޖެހި ކުއްޖާގެ ޅައުމުރުގައި މަރުވެއެވެ. ކަންތައް މިހެންވަމުންގޮސް އެތައްކުދިންނެއް މަރުވިފަހުން،  ފަންޑިތަވެރިންގެ ކިވެލިތަކާއި ތަވީދުތައްލިޔެ ދިވެހިބޭސް ކުރުމުން އެއްކުއްޖަކު ބޮޑުވެ މިހާރުވެސްދިރި އެބަހުއްޓެވެ. އެހެންނަމަވެސ އޭގެ ފަހުން ލިބުނު ހުރިހާ ކުދިން ކުރިއެކޭ އެއްގޮތަށް ވަނީ މަރުވެފައެވެ.


އަހަރެންމިކަމާ ވިސްނާ ފިކުރުކޮށް، ޑޮކްޓަރުންނާ ސުވާލުކޮށް، ބެލިބެލުމުން ވިސްނެނީ މި ދެމަފިރިންނަކީ ތެލެސީމިއާ ކެރިއަރުންކަމަށެވެ. ތެލެސީމިއާ ދެކެރިއަރުންނަށް ލިބޭ ކުދިންގެ %75 އަކީ ތެލެސީމިއާ މޭޖަރ (ލޭއަޅަން ޖެހޭކުދިންނަށް) ވުމުގެ ފުރުސަތު އޮންނައިރު %50 އަކީ ތެލެސީމިއާ މައިނަރ އަދި %25 ނޯރމަލް ކުދިންނަށް ވުމުގެ ފުރުސަތު އޮވެއެވެ. އެޒަމާނުގައި މިފަދަބައްޔަކަށް ހޭލުންތެރި ވެފައި ނެތުމުގެ ސަބަބުން މަރުވި ހުރިހާ ކުދިންނަކީވެސ ތެލެސީމިއާ މޭޖަރުން ގޮތުގައި ބެލޭނެ ޖާގަ އެބައޮތެވެ.

 އެއީ އެކުދިންގެ އުމުރުން  ގާތްގަނޑަކަށް ފުރަތަމަ އަހަރުން  ފެށިގެން ލޭމަދުވެ ދޮންފޫޑު ވުމުގެ އިތުރަށް ބޮޑުނުވެ، ފަރުވާ ނުދެވިއްޖެނަމަ އުމުރުން ވަރަށް ޅަ އުމުރުގައި މަރުވާތީއެވެ. ކާޑުބައްޔަކީ ކާންނުލިބުމުގެ ސަބަބުން ހަށިގަނޑު ނިކަމެތިވެ ބަނޑުނުކުތުމުން ކިޔާނަމެކެވެ. ކުއްޖާއަށް ލޭނުލިބި ގިނަދުވަސްވުމުން  (ލިވަރ) މެއާއި ސްޕްލީން ދުޅަވެ ބަނޑުލުމު އިތުރުން ހިތުގެ މައްސަލަތައް ކުރިމަތިވެއެވެ. ދިވެހިރާއްޖޭގެ އެންމެންނަށް އެނގޭނެފަދައިން ތެލެސީމިއާ މޭޖަރ ކުއްޖަކަށް ލޭ ނާޅައިފިނަމަ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެކުއްޖާ މަރުވެއެވެ.

ތެލެސީމިއާ އާއި ގުޅޭ ބައެއް މައުލޫމާތު ހޯދުމަށް ނެޝަނަލް ތެލެސީމިއާ ސެންޓަރގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ފަރުޒާނާ ދެއްވި މައުލޫމާތުގައި، އެކަމަނާ ވިދާޅޫވެފައިވަނީ ދިވެހިރާއްޖޭގައި އެވްރެޖްކޮށް ތެލެސީމިއާ މޭޖަރ ކުދިންނަށް މައްސަލަތައް ކުރިމަތިވާން ފަށަނީ އުމުރުން ދެމަސް ނުވަތަ ތިންމަސް ފަހުންނެވެ. އެހެންނަމަވެސް މިބައްޔަކީ ކުއްޖާ ވިހެއުމުގެ ކުރިންވެސް ދެނެގަނެވިދާނެ ބައްޔެކެވެ. އިތުރަށް ވިދާޅުވެފައިވަނީ ބަލީގެ ސަބަބުން ކުރިމަތިވާ މައްސަލަ އަވަހަށް ކުރިމަތިވުން ނުވަތަ ލަހުން ކުރިމަތިވުން، އަދި އިތުރަށް ބަލިމީހާގެ ހާލަތު ގޯސްވުން ފަދަ ކަންކަން ބިނާ ވަނީ ތެލެސީމިއާގެ ވައްތަރުގެ މައްޗަށެވެ. 

2 comments:

  1. awesome flow :) enjoyed reading it :)

    ReplyDelete
  2. hahah thikahala varah gina vaahaka hurey . aslu ves vaagoi neygey v yaa kommes sihureh

    ReplyDelete

There was an error in this gadget

Adam Fathuhy