Tuesday, January 29, 2013

ވަރަށް ސެކިޔުރ، އަހަރެންގެ އީމެއިލް އަދި ފޭސްބުކް ޕާސްވަރޑް ވަގަށް ނެގިޔަސް ބިރެއްނެތް !



އީމެއިލްއާއި ސޯޝަލްނެޓްވޯރކް އެކައުންޓް ތަކުގެ ޕާސްވަރޑް ވަގަށްނެގުން ނުތަވަތަ ހައިޖެކް ކުރުމަކީ ވަރަށް ގިނަމީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގޫގުލް، ފޭސްބުކް އަދި ޔާހޫ ފަދަ ކުންފުނިތަކުން ވަނީ "ޓޫ ސްޓެޕް ވެރިފިކޭޝަން " ގެ ބޭނުން ހިފާ ތަންފީޒު ކުރަންފަށާފައެވެ.


ޓޫ ސްޓެޕް ވޭރިފިކޭޝަން އަކީ ޕާސްވަރޑްގެ އިތުރުން،  ޕިންކޯޑެއް ބޭނުން ކުރަން ޖެހޭ މެތަޑެކެވެ.  އެކައުންޓަށް ވަނުމަށް ޕާސްވަރޑް ޖެހުމުން، ޕިންކޯޑެއް ޖެހުމަށް  ސިސްޓަމުން އިރުޝާދު ދޭނެއެވެ. ގިނަ ސިސްޓަމްތައް ޑިޒައިންކޮއްފައި ހުންނަނީ، ޕާސްވަރޑް ޖެހުމާއި އެކު، ސިސްޓަމުން ޖެނެރޭޓް ކުރާ ޕިންކޯޑެއް ، އެސްއެމްއެސް އަކުން އެކައުންޓްގެ ވެރިފަރާތުގެ ފޯނަށް، ނުވަތަ، ބްލެކްބެރީ، އައިފޯން، އަދި އެންޑްރްއިޑް އެޕްލިކޭޝަން ތަކަށް ލިބޭގޮތަށެވެ. މީގެ އިތުރުން އިލެކްޓްރޯނިކް ޓޯކަން އަކުން ނުވަތަ އައިފޯން، ބްލެކްބެރީ އަދި އެންޑްރޮއިޑް އެޕްލިކޭޝަން އަކުން  ޖެނެރޭޓް ކުރާގޮތަށެވެ.  ހަމަ އެކަނި ޕާސްވަރޑް އެނގުނު ކަމުގައި ވިޔަސް ޕިންކޯޑް ޖަހައިގެން ނޫނީ އެކައުންޓަކަށް ނުވަދެވޭނެއެވެ.

 ޓޫ ސްޓެޕް ވެރިފިކޭޝަން ފީޗަރ އޮންކޮއްފައިވާ އެކައުންޓަކަށް ލޮގިންވާން މަސައްކަތްކޮއްފިނަމަ، ލޮގިންވާން މަސައްކަތް ކުރާ ކަމުގެ އެލަރޓް އެކައުންޓުގެ ވެރިފަރާތުގެ ފޯނަށް ލިބޭނެއެވެ. ނުދަންނަ ފަރާތަކުން ލޮގިންވާ މަސައްކަތް ކުރާނަމަ ލަސްނުކޮށް އެކައުންޓްގެ ޕާސްވަރޑް ބަދަލުކޮއްލާށެވެ.

ޖީމެއިލް ފަދަ ގޫގުލް ސަރވިސްތަކުގެ ވޭރިފިކޭޝަން ސެޓިންގ
1.     އީމެއިލް އެކައުންޓަން ލޮގިންވުމަށް ފަހު   https://www.google.com/settings/security   މިލިންކަށް ކްލިލްކޮއްލާ
2.     ޓޫސްޓެޕްވެރިފިކޭޝަން ސެޓިންގްއަށް ކްލިކްކޮއްލުމަށް ފަހު ދީފައިވައިވާ އިރުޝާދާ އެއްގޮތައް ކުރިޔަށް ގެންދަވާ.
ފޭސްބުކްގެ ލޮގިން އެޕްރޫވަލް ސެޓިންގ
1.     ފޭސްބުކް އެކައުންޓަށް ލޮންގިވުމަށް ފަހު، އެކައުންޓު ސެޓިންނަގާ
2.     ސެކިއުރިޓީ ޓެބަށް ކްލިކް ކޮއްލާ
3.     އެޕްރޫވަލް ސެޓިންއަށް ކްލިކް ކޮއްލާ
4.     ދީފައިވާ އިރުޝާދާ އެއްގޮތަށް ކުރިޔަށް ގެންދަވާ

ރިފަރެންސް:

No comments:

Post a Comment

There was an error in this gadget

Adam Fathuhy