Monday, January 14, 2013

ކަރަޔަކީ ވަޔަގްރާ ފަދައިން ޖިންސީބާރު ގެނެސްދޭ މޭވާއެއް ! ރޯދަމަސް.... .... .... !



ކަރަޔަކީ ފަސޭހަ ކަމާއި އެކު ދިވެހި ރާއްޖޭގައި ހައްދާ އުޅޭ އަދި ދިވެހިންގެ މެދުގައި އެހާމެ މަގުބޫލް މޭވާއެކެވެ. ހާއްސަކޮށް ރޯދަމަހު ކާމޭޒުތައް ފަޅުފިލުވައި، އަދި މޭތަކަށް ފިނަކަން ގެނެސްދޭ ބައިވެރިޔެކެވެ. ކަރާގެ މީރުކަމާއި ފޮނިކަމުގެ އިތުރުން އެއީ ތަފާތު ގިނަބަލި ތަކަށް ފަރުވާއެއްކަން ފަހުގެ ދިރާސާ ރިޕޯޓް ތަކުން ވަނީ އެނގިފައެވެ.  ހަމައެހެންމެ އެއީ ހަށިގަނޑުގައިވާ ވިހަމާއްދާތައް ބޭރުކޮއްދޭ ގުދުރަތީ އެންޓިއޮކްސިޑެންޓެކެވެ.


ހަށިގަނޑަށް ބޭނުންވާ މާއްދާތަކުގެ ތެރޭގައި ހިމެނޭ، މެގްނީޒިއަމް، ޕޮޓޭސިއަމް އަދި ޒިންކް ކަރާގައި ގިނައަދަދަކަށް ހިމެނެއެވެ. މީގެ އިތުރުން ވިޓަމިން ސީއާއި، ބީޓާ ކެރޮޓީން، ލައިކޮޕީން އަދި ނާރުތަކަށް މުހިއްމު މާއްދާ އެއްކަމުގައިވާ ވިޓަމިންބީ އެކުލެވިގެން ވެއެވެ.

މީލާދީން 1871 ވަނަ އަހަރު އެމެރިކާގައި އުފެދިފައިވާ ޓެކްސަސް އޭ އެންޑް އެމް ޔުނިވަރސިޓީ އިން 2008 ވަނައަހަރު ކުރި ދިރާސާއެއްގައި ކަރަޔަކީ، ޖިންސީއެދުންވެރިކަން ގެނެސްދޭ ބޭހެއްކަމުގައިވާ ވަޔަގްރާއާ އެއްފަދަ މޭވާއެއް ކަމަށްވަނީ ބުނެފައެވެ. އެޔުނިވަރސިޓީގެ  ފުރުޓްސް އެންޑް ވެޖްޓަބްލް އިމްޕްރޫވްމަންޓް ސެންޓަރގެ ޑައިރެކްޓަރ، ޑޮކްޓަރ ބިމޫ ޕަޓިލް، ޕީ.އެޗް.ޑީ ވިދާޅުވިގޮތުގައި ކަރާގައި ގިނައަދަދަކަށް ސިޓްރޫލައިން ކިޔާ އެމިނޯ އެސިޑެއް ހިމެނެއެވެ. އެއީ ވަޔަގްރާ ފަދައިން ލޭހިނގުން ފަސޭހަކޮށްދޭ މާއްދާ އެކެވެ.

ކަރާ ހަޖަމް ވުމުންކަރާގައި އެކުލެވޭ ސިޓްރޫލައިން ތަފާތު އެންޒައިމްސް ގެ އެހީގައި އާގިނައިން ކިޔާ އެމިނޯ އެސިޑަކަށް ބަދަލުވެގެން ދެޔެއެވެ. އެއީ ލެހިނގުން އިތުރުކޮށް ފަސޭހަކޮށްދޭ ނިޓްރޮކް އޮކްސައިޑް އުފެދުމަށް މުހިއްމު ރޯލެއް ކުޅޭ އެމިނޯ އެސިޑެކެވެ.  2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ ފާމަކޮލޮޖީ ޕްރޮފެސަރ ޑޮކްޓަރ ޜޯޖަރ ކްލެމަން ކަރާގައި ހިމެނޭ ސިޓްރޫލައިން އާއި ބެހޭގޮތުން 2007 ހައްދަވާފައިވާ  ދިރާސައިގައި ބުނެފައިވަނީ ވޮލަންޓިއަކުރި މީހުންގެ ތެރޭން ދުވާލަކު، 8 އައުންސްގެ ކަރާ ބޭނުންކުރި މީހުން، 3 ހަފްތާފަހުން އެމީހުންގެ އާރގެނައިން ލެވެލް %11 އިތުރު ވެފައިވާ ކަމެވެ. ވަޔަގްރާއަކީ ސީދާ ޖިންސީ އެދުންވެރިކަން ގެނައުމަށް ހަދާފައިވާ ބޭހެއް ކަމުން ވަޔަގްރާއާއި އެއްވަރަށް ކަރާ ސަމްސަލަކުން އަސަރު ނުކޮއްފާނެއެވެ. އެހެންނަމަވެސް އެއާއި އެއްފަދަ ނުވަތަ ގާތްކުރާ އަސަރުތައް ހަށިގަނޑަށް ގެނުވާނެއެވެ. އަދި އާއްމުކޮށް ކަރާ ބޭނުންކުރާނަމަ އޭގެ ސިއްހީފައިދާއިން ދުޅަހެޔޮ ސިއްހަތެއް ލިބިގެން ދާނެއެވެ.

ރޯދަމަހަކީ  ދިވެހިންގެ މެދުގައި ކަރާބޭނުންކުރާ މިންވަރު އެތައްގުނަޔަކަށް އިތުރުވެގެންދާ މަހަކަށް ވާއިރު، އެންމެންނަށް އެނގޭ ސިއްރަކީ ރޯދަމަހާދިމާކޮށް ދިވެހިންގެ ތެރޭގައި ލޯބިވެރިން ހޯދާ މިންވަރުއިތުރުވާކަމެވެ. ސުވާލަކީ ރޯދަމަހު ލޯބިވެރިން ގުޅުން އިތުރުވެގެން ދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. މަތީގައިވާ ދިރާސާގެ އަލީގައި ކަރާފަނި ބުއިމުން ނުވަތަ ކަރާ ކެއުމުން ކަރާގައި ހިމޭނޭ ވަޔަގްރާ އާ އެއްފަދަ ތާސީރުން އެންމެންނަށްހެން އޭގެ އަސަރުކުރެވެ. ނަތީޖާއެއްގެ ގޮތުން، އިންސާނީ ތަބިއަތާއެއްގޮތަށް ބައިވެރިއެއް ހޯދުމަށް މަގުފަހިކުރުވައެވެ.

ރިފަރެންސް:

1 comment:

  1. މަވެސް ހިތަށް އަރާ ކީއްވެގެން ބާވޭ ރޯދަމަހު އެހާ ބާރު ބޮޑުވަނީ، ގިނައިން އިރާކޮޅު ، ބައެއް ފަހަރު ތަރާވީސް ގަޑީގަ. އެހެންވީމާ ކަރާފަނީގެ ޖާދޫ ތާ އެއީ.

    ReplyDelete

There was an error in this gadget

Adam Fathuhy