Thursday, May 16, 2013

ދިވެހިންގެ ޓޮންސިލް، ސައިނަސް، ތައިރޮއިޑް އަދި އެޕެންޑިކްސް ! ؟ދިވެހިންގެ ތެރޭގައި، ސައިނަސް، ޓޮންސިލް، ތައިރޮއިޑް އަދި އެޕެންޑިކްސް ހުރެގެން ނުވަތަ އުފެދިގެން ބަލިވާމީހުން ވަރަށް ގިނައިން މީހުން ބުނެއުޅެވެ. މިއީ އަޅުގަނޑަށް ޤަބޫލުނުކުރެވޭ، ބޮލަށް އުނދަގޫވާ އަދި އެހެންބުނުމުން އެއީ ކާކުބުނި ވާހަކައެއްތޯ ސުވާލުކުރެވެއެވެ.  އިންސާނެއްވިއްޔާ، ސައިނަސް، ޓޮންސިލް، ތައިރޮއިޑް އަދި އެޕެންޑިކްސް ހުންނާނެއެވެ. އެއީ އެތެރެހަށީގެ  ބައެއް ގުނަވަންތަކަކަށް ކިޔާ ނަންތަކެކެވެ. ބައެއްފަރާތްތަކަށް ވިސްނިފައި އޮންނަނީ އެގުނަވަން ތަކަކީ ބަލިތަކެއްގެ ގޮތުގައެވެ.


ޓޮންސިލް

ޓޮންސިލް އަކީ ކަރުތެރެއިން އަނގައިގެ އެންމެ އެތޭރޭގައިވާ ކުޑަދުލުގެ ދެފަރާތުގައިވާ ދެމަސްކޮޅަށް ކިޔާނަމެކެވެ. ތަފާތު އެކިސަބަބުތައް މެދުވެރިވެގެން ޓޮންސިލް ދުޅަވެ ކަރުގައި ރިއްސާގޮތް މެދުވެރިވެއެވެ. މިބައްޔަށް އިނގެރޭސި ބަހުން ކިޔަނީ "ޓޮންސިލައިޓިސް" އެވެ.  ޓޮންސިލް ދުޅަވަން މެދުވެރިވާ ބައެއް ސަބަބު ތަކުގެ ތެރޭގައި ޖަރާސީމު އަށަގަތުމާއި، ނުގުޅޭ ކެމިކަލެއް އަނގައިގެ ތެރެއަށް އެޅި ޓޮންސިލްއަށް އަނިޔާވުން، ނުވަތަ އެއްޗަކުން ޖެހި އަނިޔާވުން ހިމެނެއެވެ. މިސާލަކަށް ހަކުރު ހިމެނޭ ބުއިމެއް، ބުއިމަށް ފަހު އަނގަތެރެ ރަނގަޅަށް ނުދޮންނަ ނަމަ ހަކުރާއި ކުޅުން އުފެދޭ ދަވަ ޓޮންސިލްވާ ހިސާބުގައި ހަރުލާފައި ހުންނާނެއެވެ. އަދި އެއީ ޖަރާސީމް އަށަގަތުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ. ބައެއް މީހުންގެ ޓޮންސިލް އާދަޔާހިލާފަށް ގިނައިން ދުޅަވެއެވެ. މިހެންވާނަމަ ޑޮކްޓަރުން ލަފާދެނީ އޮޕަރޭޝަންކޮއްގެން ޓޮންސިލް ނަގާށެވެ.
ސައިނަސް:

ސައިނަސް އަކީ ހަށިގަނޑުގައިވާ ކައްޓާއި މަސްގަނޑުގެ ތެރޭގައި ހުންނަ ހުސްޖާގަ ތަކަށް އިނގިރޭސި ބަހުން ކިޔާނަމެކެވެ. މިފަދަ ހުސްޖާގަ އެންމެ ގިނައިން ހުންނަނީ މޫނުގައިވާ ކަށިތަކުގަޔާއި ނެފާތަ ގުޅިފައި ހުންނަ ހިސާބު ތަކުގައެވެ. ބައެއް ފަހަރު ނޭވާލާ ވައި ތަގައްޔަރުވުމުން ވައިގާ ހިމެނޭ ޖަރާސީމް، ހިރަފުސް ނުވަތަ ކެމިކަލެއް ސައިނަސްތަކުގައި އުފައްދާ ދަވައިގާ ހަރުލާ ޖަރާސީމް އަށެގަނެ ބަލިވެއެވެ. ސައިނަސްގެ މައްސަލަތައް ކުރިމަތިވުމުން ބޮލުގާރިއްސުމާއި މޫނުމައްޗަށް ބާރުކުރުމުގެ އިތުރުން ހުންއައުމާއި ކެއްސުމަށް މެދުވެރިވެއެވެ. ސައިނަސް ގައި ޖަރާސީމް އަށަގަތުމުންއަރިދަފުހުގެ ސިފައިގާ ފަހަރު ސައިނަސްގައި އުފެދޭ ދަވަ ބޭރުވެއެވެ.
ތައިރޮއިޑް:

ތައިރޮއިޑް އަކީ ބައެއްޔެއް ނޫނެވެ. އެއީ ކަރުގު ފެށޭހިސާބުގައި އިންނަ ގްލޭންޑަކަށް ކިޔާނަމެކެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަކީ ހަށިގަނޑުގެ ސެލްތައް އުފެއްދުމަށް ބޭނުންވާ ޕްރޮޓިން އުފެއްދުމާއި ހަށިގަނޑަށް ބޭނުންވާ ހަކަތަ ބޭނުކުރާނޭ ވަރު އަންދާޒާކޮއް ހަކަތަ ހަށިގަނޑަށް ބޭނުންކުރާވަރު މެނޭޖުކޮއް ބެލެހެއްޓުމާއި އެހެން ހޯމޯންތަކުން ކުރުވާ އަސަރު ދެނެގަނެ ކޮންޓްރޯލް ކުރުމެވެ. ތައިރޮއިޑަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި:
1.     ތައިރޮއިޑް މަސައްކަތް ކުރަންވާވަރަށް ވުރެ އިތުރަށް ކުރުން،  
2.     ތައިރޮއިޑް މަސައްކަތް ކުރަންވާ ވަރަށްވުރެ ދައްކޮށް މަސައްކަތް ކުރުން
3.     ތައިރޮއިޑް އަށް ކެންސަރު ޖެހުން
4.     ގޮއްލުން
ހަށިގަނޑަށް ބޭނުންވާ އަޔޮޑިން ނުލިބޭނަމަ  ނުވަތަ ބޭނުންވާ ވަރަށް ވުރެ އިތުރަށް ހަށިގަނޑަށް ލިބޭނަމަ ތައިރޮއިޑްގެ މައްސަލަތައް ކުރިމަތިވާނެއެވެ. ތައިރޮއިޑްގެ މަސައްކަތްތައް އިތުރުވެއްޖެނަމަ ބަރުދަން ދަށަށް ދިޔުމާއި ކުޑަކުދިން ހެދިބޮޑު ނުވުން ފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. ހަމަ އެހެންމެ ތައިރޮއިޑްގެ މަސައްކަތް ދަށައް ހިނގައްޖެނަމަ، އާދަޔާ ހިލާފަށް ފަލަވުމާއި، ކުޑަކުދިން އާދަޔާ ހިލާފަށް ބޮޑެތިވުން ފަދަ މައްސަލަތައް ޖެހޭނެއެވެ.

އެޕެންޑިކްސް:


އެޕެންޑިކްސް އަކީ ފަލަ ގޮހޮރު ފެށޭ ހިސާބުގައި ފަލަގޮހޮރާއި ގުޅިފައި އިންނަ  އެވްރެޖްކޮށް ދިގުމިނުގައި 11 ސެންޓިމީޓަރު ހުންނަ ކުޑަކުޑަ ހޮޅިއެކެވެ.  ޑޮކްޓަރުން އެއްބަސްވާގޮތުގައި އެޕެންޑިކްސްގެ މަސައްކަތެއް ނުއިނދެއެވެ. އެހެންކަމުން އެޕެންޑިކްސްގެ މައްސަލަތައް ( އެޕެންޑިސައިޓިސް ) ކުރިމަތިވުމުން އެޕެންޑިކްސް ނަގައެވެ.  އެހެންނަމަވެސް ފަހުގެ ބައެއްދިރާސާ ތަކުން އެނގިފައިވާ ގޮތުގައި ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮއްދެއެވެ. ހަމަ އެހެންމެ އެޕެންޑިކްސް އިން ހަށިގަނޑަށް ބޭނުންވާ އެންޓިބޮޑީސް ތައްޔާރުކޮއްދެއެވެ. އެޕެންޑިކްސް އަށް މައްސަލަތައް ދިމާވުމަށް ކުރިމަތިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ފަނިވުމާއި، އެޕެންޑިކްސްގައި ހަރުލާ ނަޖިސް ހަރުވެ ގަޑުވުން ހިމެނެއެވެ.

ރިފަރެންސް:

1 comment:

  1. appendix ga massala nethey ebunanee ei digestive system ge gunavanakah vefai evves echeh digest kurumugai eyge roleh netheema.. eyge main role akee cellulose digest kurun, herbivores ga v active koh work kuraane, ekam human system ga cellulose digesteh nukurey..

    ReplyDelete

There was an error in this gadget

Adam Fathuhy