Tuesday, May 14, 2013

އޭނާ އަކީ ޖިންނި މައިތިރިކޮށް ބަލިތައް ރަނގަޅުކުރާމީހެއް ! ؟



އެއީ  1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ފަންޑިތައާއި، ސިހުރު ހާހޫރަ ހެދުމަކީ އެޒަމާނުގައި ދިވެހިންގެ މެދުގައި ވަރަށް އާއްމު ކަމެކެވެ. އެކަމުގެ ހުނަރާއި ފަންނު ލިބިގެންވާކަމަށް މަޝްހޫރުވެފައިވާ ބަޔަކު ރަށުގައި އުޅެއެވެ. މީގެން އެކަކީ ފަނޑިތައާއި ސިހުރު ހާހުރަ ހަދައިގެން، ބަލިތަކަށް ޝިފާ ހޯދުމަށް މަސައްކަތް ކުރާމީހެކެވެ.  ކޮންމެއަކަސް އެއްގެއަކަށް ނިސްބަތްވާ ހުރިހާކުދިން ( 4 ކުދިން ) ލޮލަށް ރަނގަޅަށް ނުފެންނަ ކަމަށާއި އަދި ރޭގަނޑުގެ ވަގުތު ތަކުގައި އެއްވެސް ގޮތަކަށް ނުފެންނަކަމަށް ބުނެ ޝަކުވާކުރަން ފަށައިފިއެވެ.  މިކަން މިހިސާބަހަށް ދިއުމުން، ފަންޑިތަހަދާމީހާ ޖިންނިގެނެސް ސުވާލުކުރުމުން އެނގިފައިވަނީ އެގޭގެ ހުރިހާކުދިންނަށް ބާރުގަދަ ސިހުރެއް ހަދާފައިވާކަމެވެ. ފަންޑިތަވެރިޔާގެ ލަފާގެ މަތިން ރޯމަހުގެ މޭތަކެއް ހޯދައި، އޭގައި ފަނޑިތަ ލިޔެ ހުރިހާކުދިންނަށް ކާންދީ ކިޔެވެލި ތަކަށްފަހު ދެތިން ދުވަހުގެ ތެރޭގައި ހުރިހާކަމެއް ރަނގަޅުވެއްޖެއެވެ. ރަށުގެ މީހުން މިކަމާ އާޝޯހްވެ އޭނާގެ މޮޅުކަމުގެ ވާހަކަދައްކާ އުޅެތެވެ.


 މިފަދަ އެތައް ހާދިސާ ތަކަކަށްފަހު މީހެއްގެ ގައިގާ އާދަޔާ ޚިލާފް ބިހިތަކެއް ނަގާ ގަދަޔަށް ހުންއައިސް ޖިންނި މޮޔަވެއްޖެއެވެ.  ކުރިންބުނެވުނު ފަންޑިތަވެރިންގެ މަސައްކަތުން މިބައްޔަށް  ޝިފާއެއް ނުލިބުނެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ރަށުންބޭރުން ކަމުގެ ތަޖްރިބާކާރެއް ގެނެވުނެވެ. ޖިންނިގެނެސް ސުވާލުކުރުމުން އެނގުނީ ޖިންނިއަކަށް ގޯނާކޮއްފައިވާ ކަމެވެ. އަދި އޭގެ ބަދަލު ހިފުމުގެ ގޮތުން ޖިންނި އޭނާޔަށް ދުއްތުރާ ކުރަމުން ދާކަމެވެ. ސިހުރު ވެރިޔާގެ ލަފާގެ މަތިން، ބޯށިގަހަކަށް އަރާފައިވާ ވެލަނބުލި ވޮޔޮބޮނޑި ނައްތާލާ އޭގެން ބަޔެއް، ފެނުގައި ކައްކާ ކިޔެވެލި ތަކާއެކު ބަލލިމީހާއަށް އޭގެ ފެނެ ބޯންދެވުނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަލިމީހާ ރަނގަޅުވެއްޖެއެވެ. ފަންޑިތަވެރިޔާ ބުނިގޮތުގައި ދުއްތުރާކުރަމުން ދިޔަ ހުރިހާ ޖިންނިއެއްވަނީ ހޫނުގަދަ ފެނުގައިކައްކާ މަރާލެވިފައި ކަމަށެވެ. 

ދިރާސާ:
ލޮލަށް ނުފެނުމަށް ނުވަތަ އަނދިރިވުމަށް ތަފާތު ގިނަ ސަބަބުތައް ވެއެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިން އޭ ނުލިބޭނަމަ ރޭކަނުވެ، ލޮލަށް ނުފެންނާނެއެވެ. އެއްގެއެއްގެ ހުރިހާކުދިނަށް އެއްފަހަރާ މިކަން ދިމާވުމުން ބެލެވެނީ ބޭނުންކުރާކާނާގެ ފެންވަރުދައްވުމުގެ ސަބަބުން، ވިޓަމިން އޭ އެކުދިންނަށް ބޭނުންވާ ވަރަށް ނުލިބިގެން ވީކަމެއް ކަމަށެވެ. މިފަދަ ހާލަތެއްގައި ބަލިމީހާއަށް ވިޓަމީންއޭ އެކުލެވޭ ކާނާ ދިނުން މުހިއްމެވެ. ވިޓަމިން އޭ އެކުލެވޭ ކާނާގެ ތެރޭގައި، ކެރެޓް، މަސް، މަހުގެ ލަނގޮޑި، އަދި މޭގައި ވަރަށް ގިނައަދަދަކަށް ވިޓަމިން އޭ އެކުލެވިގެން ވެއެވެ. ވިޓަމިން އަކީ ގަދަހޫނުގައި ބެހެއްޓުމުން ނުވަތަކެއްކުމުން ހަލާކުވާ އެއްޗެކެވެ. ވީމާ ރޯކޮށް ހުންނަ އެއްޗެއްގައި ވިޓަމިން ހުންނަމިންވަރު އިތުރުވާނެއެވެ. ވުމާއެކު ނުކައްކާ ހުންނަ މަހުމޭ ވިޓަމިންއޭ ބޭނުންވެފައިވާ މީހަކަށް ދީފިނަމަ ވިޓަމިންއޭ މަދުވެގެން ޖެހިފައިވާ ބައްޔެއްނަމަ ރަނގަޅުވާނެއެވެ.

އެއްޗަކަށް އެލަރޖިކްވުމުން ނުވަތަ ޖަރާސީމެއްގެ ސަބަބުން ހުންއައިސް ގައިގާ ބިހިނަގާފާނެއެވެ. އާދަޔާ ޚިލާފަށް ހުންދަގަވުމުން ފިޓްޖެހި ހެޔަށްގޮތްވެ ބަލިމީހާއަށް ކިޔޭނުކިޔޭއެއް ނޭނގޭ ހިސާބަށްދެއެވެ. މިހެންވުމުން ބައެއްމީހުން ގަބޫލުކުރާގޮތުގައި އެމީހާ އެވަނީ ޖިންނި މޮޔަވެފައެވެ. ސައިންސްވެރިން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ވެލަނބުއްޔަކީ ތަފާތުބަލިތަކަށް ބޭސްކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. މިގޮތުން އެއީ ޖަރާސީމާ ދެކޮޅަށް ހަނގުރާމާކުރާ އެއްޗެކެވެ. ދިރާސާ ތަކުގައިވާ ގޮތުން އެއީ "އެންޓިބެކްޓީރިއަލް" އަދި "އެންޓިވައިރަލް" ގެ ތާސީރު އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ފެން ނުވަތަ ތާސީރު ބަލިމީހާއަށް ދީފިނަމަ ޖަރާސީމްތައް މަރުވެ ބަލިމީހާ ރަނގަޅުވާނެއެވެ.  ކޮންމެ ބޭހަކީވެސް ޑޮކްޓަރެއްގެ ލަފާގެމަތިން ނޫނީ ބޭނުން ކޮއގެންވާނެ އެއްޗެއްކަން ހަނދާންކޮއްދެމެވެ!

ރިފަރެންސް:

10 comments:

  1. keep up the good work. one day u'll be rewarded :-)

    ReplyDelete
  2. mi liyunu meehaayah sihuruge kameh jehuneema egeynee... edhuvahakun nukiyaathi aamaye.

    ReplyDelete
  3. kalo adi thi ulheny vaanuvaaa neigigen kamakaaa jehunyma igeyne...,

    ReplyDelete
  4. Rayyithun heylun therive thikahala mathuraa meehun varah bodah madhu vejje. Mihaaru emmenves dhanee hospital ah.

    ReplyDelete
  5. Migola ah sihureh jehuneema ingeynee.. VITAMIN C MAdhukan....heyrey than dhekeynamey...ha ha edy kaley thiya dhakkan ulhey vaahaka mashah eba ingey... aharumen mithibee kaleyge harakaathah balan...size maa machah narahchey ok

    ReplyDelete
  6. Varah ufaa koffin mi keema. Filaa thibegen inzaaru dheynee findin.

    ReplyDelete
  7. This might be interesting for you: http://www.adamfathuhy.com/2013/01/sihuru-hedhumun-12-dharin-maruvi-haadhisaa.html

    ReplyDelete

There was an error in this gadget

Adam Fathuhy