Tuesday, June 4, 2013

ސޯމާލިޔާއިން ބަޖިޔާ އަކީ އިސްލާމްދީނާ ޚިލާފް އެއްޗެއްގެ ގޮތުގައި ކަނޑައަޅާ ބަޖިޔާ ކެއުންމަނާ ކޮއްފި !


ސޯމާލިޔާގެ ހައްދު ފަހަނަ އަޅާފައިވާ ހަތިޔާރުއެޅި  އިސްލާމީ ޖަމާއަތަކުން ބަޖިޔާ ގެންގުޅުން މަނާކޮއްފިއެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމުގައިވާ ޑެއިލީ މެއިލްގައި ބުނެފައިވާގޮތުން، އެގައުމުގައި ބަޖިޔާ ގެންގުޅުން މަނާކުރަން ޖެހުނީ ބަޖިޔާ އަކީ، ހުޅަނގާ ދޯޅަ އެއްޗަކަށް ވުމުންކަމަށެވެ. މިގޮތުން ބަޖިޔާ އާ ކްރިސްޓިއަންދީނާ ގުޅުމެއް ވާކަމަށް ސޯމާލިއާގެ ޖަމާއަތުން ހަބަރުދެއެވެ.


ބަޖިޔާ ކައިފިނަމަ ނުވަތަ ހަދައިފިނަމަ ހަރުކަށި އަދަބުތައް ދެވޭނެ ކަމަށް ވަނީ އެގައުމުގައި އިއުލާން ކުރެވިފައެވެ. ބަޖިޔާއަކީ ސޯމާލިއާގެ ހުރިހާ ހިސާބެއްގައިވެސް ކެއުމަށް ބޭނުންކުރާ އެއްޗެކެވެ.
 ސޯމާލިއާ ގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުމުގެ ސަބަބުން އެގައުމު ވަނީ ވަރަށް ބޮޑަށް ފަގީރު ޓެރެރިސްޓް ޖަމާއަތްތަކުގެ ހާއްޔަކަށް ވެފައެވެ. ހައްދު ފަހަނަ އަޅާފައިވާ މިފަދަ ބައެއް ޖަމާއަތްތަކުގެ ސަބަބުން، ޔޫ.އެން ފަދަ އެހީ ފޯރުކޮއްދޭ ފަރާތްތަކަށް އެގައުމުގައި އިންސާނީ އެހީ ފޯރުކޮއްދިނުމަށް ދަތިތަކާ ކުރިމަތި ވެފައެވެ. އެހީދޭ ޖަމާއަތްތަކުން އަންދާޒާ ކުރާގޮތުގައި  ސޮމާލިއާއިން 800,000 (އަށް ލައްކަ) ކުދިން ބަނޑަށް ޖެހިނގެން މަރުވާނެއެވެ.

ރިފަރެންސް:

No comments:

Post a Comment

There was an error in this gadget

Adam Fathuhy