Monday, July 29, 2013

ޕެންޑްރައިވް ނުވަތަ ހާރޑްޑިސްކްގައި ޕާސްވަރޑް ޖެހުން އަދި އެންކްރިޕްޓް ކުރުން


ވައިރަހުގެ އުނދަގުލުން ރައްކާތެރިކުރުމަށާއި މައުލޫމާތު ވަގަށް ނެގުން ހުއްޓުވުމަށްޓަކައި ޕެންޑްރައިވް ނުވަތަ ރިމޫވެބްލް ހަރޑްޑިސްކް ނުވަތަ ހަރޑްޑިސްކް ޕާރޓިޝަނެއްގައިވެސް ޕާސްވަރޑް ޖެހިދާނެއެވެ. އަދި އޭގައި ރައްކާކުރެވޭ މައުލޫމާތުތައް އެންކްރިޕްޓް ކުރެވިދާނެއެވެ.

އެންކްރިޕްޓް ކުރުމަކީ ރައްކާކުރެވޭ މައުލޫމާތުތައް އެހެންފަރާތަކަށް ބޭނުންނުކުރެވޭނެ ގޮތްހެދުމަށްޓަކައި އޭގައިވާ މައުލޫމާތުތައް ވަކި ކީއެއް ބޭނުންކޮއްގެން މެނުވީ ނުހުޅުވޭނެ ގޮތްހެދުމެވެ.  އެންކްރިޕްޓް ކޮއްފައިވާ ފައިލެއް ހުޅުވޭނީ ޑިކްރިޕްޓްކޮއްގެންނެވެ. އެންކްރިޕްޓް ކުރުމަށް ތަފާތު ގިނަ ސޮފްޓްވެއަރތައް އުފައްދާފައިވާއިރު، މިހާރު ބާޒާރަށްނެރޭ ހުރިހާ އޮޕެރޭޓިންސިސްޓަމްތަކުންވެސް ފައިލް އެންކްރިޕްޝަން ސަޕޯރޓް ކުރެއެވެ.  މިގޮތުން މިޓިއުޓޯރިއަލްގައި ފައިލް އެންކްރިޕްޓް ކޮށް ޕާސްވަރޑްޖަހާ ޕެންޑްރައިވް ތަޅުލުމަށް ބޭނުންކޮއްފައިވަނީ ވިންޑޯވްސް 7 ގެ ބިޓްލޮކަރ އެވެ.

ބިޓްލޮކަރ ސަޕޯރޓް ކުރަނީ މައިކްރޯސޮފްޓް ވިންޑޯވްސް ވިސްޓާއާއި އޭގެ ފަހުން ވިންޑޯވްސްގެ އާއިލާއަށް އުފަންވެފައިވާ އޮޕަރޭޓިންގ ސިސްޓަމްތަކުގެ އަލްޓިމޭޓް އަދި އެންޓަޕްރައިޒް އެޑިޝަން ތަކަށެވެ. ބިޓްލޮކަރއިން އެންކްރިޕްޓް ކޮއްފައިވާ ޑްރައިވެއް ވިންޑޯވްސް އެކްސް ޕީ ސިސްޓަމްއަކަށް ގުޅައިފިނަމަ، ޑްރައިވްގައިވާ ރައްކާކުރެވިފައިވާ ބިޓްލޮކަރ ރީޑަރ ސޮފްޓްވެއަރ އިން ޑްރައިވްގައި ރައްކާކުރެވިފައިވާ ފައިލްތައް ބަލާ ހެދޭނެއެވެ. އެހެންނަމަވެސް އާ ފައިލްތައް ޑްރައިވްއަކަށް ނޭޅޭނެއެވެ.

އެންކްރިޕްޓކޮށް ޕާސްވަރޑް ޖެހުމަށް ހާޑްޑިސްކްނުވަތަ ޕެންގެ ޑްރައިވްގައި ރައިޓް ކްލިކް ކުރުމަށްފަހު ތިރީގައިވާ ސްކްރީން ޝޮޓްތަކާއި އެއްގޮތަށް ކުރިޔަށް ގެންދާށެވެ.

އިންޒާރު: ސްޓޯރޭޖް ޑިވައިސް (ޕެން، ހާރޑް ޑިސްކް) އެންކްރިޕްޓް ވަމުންދާއިރު ޕޯޒްނުކޮށް ވާގަނޑު އުފުރާލައިފިނަމަ އޭގައިވާ ހުރިހާފައިލްތައް ނުވަތަ ބައެއްފައިލްތައް ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ.

No comments:

Post a Comment

There was an error in this gadget

Adam Fathuhy