Tuesday, July 30, 2013

މިސްކިތުފަންޑާއި އޭގެ ވަތުބަތާނުގެ ވާހަކަ - އަޅުގަނޑުގެ ޚިޔާލް


މިލިޔުން ބިނާކޮއްފައި ވަނީ " މިސްކިތު ފަންޑް" އާއި އެފަންޑުން ކުރަން ކަނޑައަޅާފައިވާ މަސައްކަތުގ ބަޖެޓް އަންދާޒާ ކުރުމާއި، އިމާރާތުގެ ފްލޯރ އޭރިޔާ ހިސާބުކުރި ގޮތާއި، އަހަރެއްގެ މައްޗަށް ލިބޭނެ އާމްދަނީ އާއި ފަންޑުން ހިންގަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްގެ މަޤްސަދުތައް ހާސިލްކުރެވޭތޯ ބެލުމަށް ހަދާފައިވާ  ސްޓަޑީއެއްގެ މައްޗަށެވެ. ފަންޑްތައް ހަދައިގެން ދާއިމީ ގޮތެއްގައި އިޖްތިމާއީ ޚިދުމަތްދިނުމަކީ ދުނިޔޭގައި ކާމިޔާބުކަމާއެކު ކުރަމުންދާ ކަމެކެވެ.

މިސްކިތުފަންޑްގެ ނަމުގައި މިހާރު މިއޮތް މުޙައްމަދު ވަހީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ފަންޑް ފޮއްޓެއް ހުޅުވުމަށް ފަހު، ޓީވީ ޗެނެލްތަކުގެ ޓެލެތޯންތަކާއި އެތައް ގޮތަކަށް ޕްރޮމޯޓްކުރެވި މިފަންޑަށް ގާތްގަނޑަކަށް 17 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ފަންޑް ހުޅުވުމުގެ ބޭނުމެއްކަމުގައި ވެފައިވަނީ ދިވެހިރާއްޖޭގެ މިސްކިތްތަކަށް ދާ މެއިންޓަނެންސް އަދި ކަމާގުޅޭ ޚަރަދުތައް ކުރުމެވެ. ފަންޑަށް ވަކި ވަރަކަށް ފައިސާ ލިބުމަށްފަހު އެފަންޑަށް ލިބޭފައިސާ މެނޭޖްކުރާނެ ގޮތް ބަދަލުވެގެން ދިޔައެވެ. މިގޮތުން ފަންޑަށް ލިބިފައިވާ ފައިސާ ބޭނުންކޮއްގެން ބިލްޑިންއެއް އެޅުމަށްފަހު އެ ބިލްޑިންގް ކުއްޔަށް ލިބޭފައިސާއިން މިސްކިތްތަކަށް ޚަރަދުކުރާގޮތަށް ބަދަލުވިއެވެ.

ތަފާތު އެކި ހަބަރު ތަކުން އެނގިފައިވާ ގޮތުގައި އެބިލްޑިންގް އެޅުމަށް ހަމަޖެހިފައިވަނީ  30 އަހަރުދުވަހުގެ މުއްދަތަށް ނެގޭ ބެންކް ލޯނެއްގެ ތެރެއިންނެވެ. އަދި އެޕްރޮޖެކްޓް ހިންގަން ހަމަޖެހިފައިވަނީ ވަޤްފް ޕްރޮޖެކްޓެއްގެ ގޮތުގައެވެ. ވަޤުފް ކުރެވޭ އެއްވެސް މުދަލެއް ވިއްކުން ނުވަތަ އޭގެ މިލްކުވެރިކަން ވަކިފަރާތަކަށް ނުވަތަ ބަޔަކަށް ބަދަލުނުކުރެވޭނެއެވެ. 

މިގޮތުން އަލްޖީރިޔާ ވިޔަފާރިވެރިޔާ ފަންޑަށް ހަދިޔާކޮއްފައި 200,000 ޑޮލަރަކީ ބޭންކުގައި  ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި  ބަހައްޓަންޖެހޭ %30 ފައިސާގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ކަމަށް ހަބަރުތައް ފެތުރިފައި ވެއެވެ. މިހެންވެއްޖެނަމަ މިޕްރޮޖެކްޓްގެ ޖުމްލަ އަދަދަކަށް ވާނީ   666,666.67
ޑޮލަރެވެ.  އެއީ ދިވެހި ފައިސާ އިން ބަލާނަމަ  10.82މިލިޔަން ރުފިޔާއެވެ. ހަބަރުތައް ބުނާގޮތުން 10  ބުރީގެ އިމާރާތެއް މިފައިސާއިން ކޮމްޕްލީޓްކުރެވޭނެއެވެ. ސަރުކާރުން ބިމެއް ދީފިނަމަ ބިންގަތުމަށް އިތުރު ހަރަދެއް ނުކޮށް، ލޯންގެ ގޮތުގައިލިބޭ ހުރިހާ ފައިސާ އެކަމަށް ޚަރަދު ކުރެވޭނެއެވެ.
ދިހަބުރީގެ އިމާރާތެއްގައި ހަރުދުކުރާވަރުގެ ލިފްޓެއް ލިބޭނީ ގާތްގަނޑަކަށް 2.5 މިލިޔަން ރުފިޔާއަށެވެ. މިފައިސާ ކަނޑައިފިނަމަ 10 ފްލޯރ ހަދަން ބާކީ ހުންނާނީ 8.32  މިލޔަން ރުފިޔާއެވެ. 10 ފްލޯރ އަށް ބަލައިފި ނަމަ ފްލޯރއަކަށް  832,000  ރުފިޔާއެވެ. އަކަފޫޓެއް ހެދުމަށް ގާތްގަނޑަކަށް 1100 ރުފިޔަ ޚަރަދުވާއިރު، ފްލޯރއެއްގެ ބޮޑުމިނުގައި ހުންނާނީ    756.36އަކަ ފޫޓެވެ.  އެއީ އާދައިގެ 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ ސައިޒެވެ.

އެވަރުގެ އިމާރާތެއްގެ ފްލޯރއެއްގެ މާރކެޓް ރޭޓް އުޅެނީ މަހަކަށް 10 ހާސް ރުފިޔާއާއި 15 ރުފިޔާ އާދޭތެރޭ ގައެވެ. 15 ހާސް ރުފިޔާއަށް ފްލޯރއެއް ކުއްޔަށް ދީފިނަމަ މަހެއްގެ މައްޗަށް ކުއްޔަށް ލިބޭނީ އެއްލައްކަ ފަންސާސް ހާސް ރުފިޔާއެވެ. މިފައިސާގެ ތެރެއިން މަދުވެގެން 50 ހާސް ފިޔާ ލޯނުގެގޮތުގައި ދައްކައިފިނަމަ މިސްކިތްތަކަށް ޙަރަދުކުރަން އޮންނާނީ އެންމެ 100,000 ރުފިޔާއެވެ. ރާއްޖޭގައި މީހުންއުޅޭ 195 ރަށަށް ބަހައިފިނަމަ ރަށަކަށް ލިބޭނީ އެންމެ 512.82 ރުފިޔާއެވެ.  މިސްކިތްތަކަށް ބަހާލައިފިނަމަ މިސްކިތަކަށް ޖެހޭނީ 150 ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ.  މިއީ މިސްކިތްތަކަށް ހިނގާ ޚަރަދުތަކަށް ބަލާއިރު ވަރަށް ކުޑައަދަދެކެވެ.  މިފައިސާއިން ސީލިންގ ފަންކާއެއް ހަރުކޮއްލެވޭ ވަރުނުވާނެއެވެ.

އާއްމުކޮށް މިފަދަ ލޯންތައް އިސްލާމިކް ބޭންކްތަކުން ދޫކުރަނީ ޑިމިނިޝިން މުޝާރަކާ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ވާއިރު، ލޯނުގެ މިފައިސާއިން ހަދާ ބިލްޑިންގެ ބޮޑު ޕަސަންޓެއް ގާތްގަނޑަކަށް %70 މިލްކުވެރިކަން އޮންނާނީ ބޭންކުގަ ކަމަށް ވާއިރު %30 ގެ މިލްކުވެރިކަން އޮންނާނީ ލޯނުނަގާފަރާތުގައެވެ. ލޯނުގެ ފައިސާދައްކާ ކޮންމެ ފަހަރަކު ލޯނުގެ ފައިސާގެ އިތުރަށް އިމާރާތުގެ މިލްކުވެރިކަމުގެ ވަކި ޕަސަންޓެއް ގަތުމަށް ފައިސާދައްކަން ޖެހޭނެއެވެ. މިގޮތަށް ލޯންނެގި ފަރާތަށް މުޅިބިލްޑިންގެ މިލްކްވެރިކަން ލިބޭނީ 30 އަހަރުދުވަސް ފަހުން ނުވަތަ ބޭންކުން ކަނޑައަޅާވަރަކަށް ފައިސާ ދެއްކުމުންނެވެ. މީގެ އިތުރުން އިމާރާތުން ލިބޭ ފައިސާ ބައިކުރެވޭނީ އެހެންގޮތަކަށް ކަނޑަނޭޅޭހިނދު މިލްކުވެރިކަމުގެ ރައުސުލްމާލް ހިއްސާގެ ޕަސަންޓޭޖް މައްޗަށެވެ. ނަތީޖާއެއްގެ ގޮތުން ކުރީކޮޅު ބޭންކަށް ލިބޭބައި ބޮޑުވާނެ އަދި ލޯނު ނެގި ފަރާތަށް ލިބޭ ބައި ކުޑަވާނެއެވެ. ވީމާ މަތީގައި ހިސާބުކޮއްފައިވާ އަދަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ލޯނުނަގާ ފަރާތަށް އާމްދަނީ 45 ހާސް ރުފިޔާ އަށް ކުޑަވެގެންދާނެއެވެ.

ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގައި ނުހަނު ދަތިއުނދަގުލުން ލިބޭކަމަކަށް ވާއިރު މާލެ ފަދަ ތަނަކުން ބިމުގެ އަގަކީ ނުހަނު ބޮޑުއެއްޗެކެވެ . މިފަދަ އިމާރާތެއް އަޅާ ބޯހިޔާވަހިކަން ފޯރުކޮއްދީފިނަމަ މަދުވެގެން 10 ވަރަކަށް އާއިލާއަށް ހަމަ ޖެހިގެން އުޅެވޭނެއެވެ. ސަރުކާރުން ވިޔަފާރިކޮއްގެން ދައުލަތުގެ ޚަރަދުތައް ބަލަހައްޓަން ވިސްނުމަކީ މިޒަމާނުގެ ކުރިއަރާފައިވާ އިޤްތިޞާދު ތަކުގައި ނުހަނު ހުތުރު ކަމެކެވެ. ވިޔަފާރީގެ ކޮންޓްރޯލް އޮންނަން ޖެހޭނީ އަމިއްލަ ވިޔަފާރިވެރިންގެ އަތުގައެވެ. ސަރުކާރު މަސްއޫލިއްޔަތަކީ ކަންހިނގާގޮތް ބެލުމާއި ކޮންޓްރޯލްކުރުމާއި، އެހީދިނުމާއި ސިޔާސަތު ކަނޑައެޅުމެވެ. ޓެކްސްގެ ހަރަކާތްތައް ތަންފީޒުކޮށް ލިބޭ އާމްދަނީން އިޖްތިމާއި ބޭނުންތައް ރައްޔިތުންނަށް ފޯރުކޮއްދެވޭނެއެވެ.

ރިފަރެންސް:

No comments:

Post a Comment

There was an error in this gadget

Adam Fathuhy