Friday, August 9, 2013

ސިޔާސީ ފަރާތްތަކުގެ ލޯބިވެރިޔާ އެންޖެލިކް ޝެރޯން އެހެން ނަމެއްގައި އެނބުރި ފޭސްބުކްއަށް
ފޭސްބުކް އެކައުންޓެއް ބޭނުންކޮއްގެން ބްލެކްމެއިލް ކުރުން ދަނީއާންމުވަމުންނެވެ. މީގެ ކުރިންވެސް ވަނީ ސިޔާސީ އެތައްފަރާތެއްގެ ބަރަހަނާ މަންޒަރުތައް ރެކޯޑްކޮށް އެފަރާތްތަކުގެ އަތުން ފައިސާއަތުލާ ބްލެކްމެއިލްކޮށްފައެވެ. ރިޔާސީ އިންތިހާބު ބޯމަތިވަމުންއަންނަ އިރު ސިޔާސީ ފަރާތްތައް ބްލެކްމެއިލް ކުރުމަށް ފޫގަޅާފައިވާ ފަރާތްތައް ސޯޝަލްމީޑިއާގައިފެނެއެވެ.
މީގެ ކުރިން ބްލްކްމެއިލް ކޮއްފައވާކަމަށް ހަބަރު ފެތުރުފައިވަނީ އެންޖެލެކް ޝެރޯންގެ ނަމުގައި ހަދާފައިވާ އެކައުންޓް ތަކަކުންނެވެ. މިފަހަރު ނާޒް ނީނާޒް ގެ ނަމުގައި ހަދާފައިވާ އެކައުންޓެއްގެ ނަން ކާލިޔާ ހަސަންގެ ނަމަށް ބަދަލުކޮށްފައިވާ ފޭކް އެކައުންޓަކަށް ރައްޔިތުންގެ މަޖްލިސްގެ އެތައްމެންބަރެއްގެ އިތުރުން، ދިވެހި ފިލްމީ ތަރިންނާއި، ސިޔާސީ ޕޯޑިއަމްތަކުން ފެންނަ އެތައްފަރާތެއް އޭނާގެ ފްރެންޑްލިސްޓްގައި ވެއެވެ.
އެ އެކައުންޓްގައިވާ ފޮޓޯތަކަކީ ލީބިޔާގެ މީހެއްގެ (އަލްހަސަން ޒަބްރީނާގެ) ނަމުގައި ހަދާފައިވާ 4 އެކައުންޓްގައިވެސް ލިސްޓްކޮއްފައިވާ ފޮޓޯތަކެވެ. މީގެ އިތުރުން އެފޮޓޯތައް ފޭސްބުކްގެ އެހެން ފަރާތްތަކުގެ އެކައުންޓް ތަކަށް އަޕްލޯޑްކޮއްފައިވެއެވެ.

 އޭނާގެ ފްރެންޑް ލިސްޓަށް އަލަށް އެޑްކުރާ ފަރާތްތަކަށް، ހާއްސަ މެސެޖްއެއް ފޮނުވައެވެ. އެމެސެޖްގައި އެކުވެރިކަން ބަދަހިކުރަން ބޭނުންވާ ވާހަކަޔާއި، ފޭސްބުކުން އެކަންނުކުރެވޭނެކަމާއި، އޭނާ ދީފައިވާ އީމެއިލް އަށް މެސެޖް ކުރުމަށް އެދިފައިވެއެވެ. އަދި އީމެއިލް ކުރާފަރާތްތަކަށް އޭނަޔާ ބެހޭ އިތުރުމައުލޫމާތާއި ފޮޓޯވެސް ފޮނުވާނެކަމަށް ބުނެފައިވެއެވެ.
އީމެއިލުން ކޮންޓެކްޓް ކޮއްފިނަމަ ، އެކުވެރިކަން ބަދަހިވެގެން ގޮސް ވެބްކެމްއަށް ނިމުންވެސް އެކަށީގެންވެއެވެ. ނުވަތާ އޭނާ ފޮނުވާ ވައިރަސް ލިންކަކަށް ކްލިކް ކުރެވިގެން ފޭސްބުކް، އީމެއިލް، އަދި ޓްވިޓަރގެ ޕާސްވަރޑް ވަގަށްނަގާ އެފަރާތް ތަކުގެ އެކައުންޓްތައް ހައިޖެކް ކުރުންވެސް އެކަށީގެންވެއެވެ. ނުވަތަ ލިންކަކަށް ކްލިކް ކުރެވިގެން ޔޫޒަރއަށް ނޭނގި ސިސްޓަމަށް ޓްރޯޖަންއެން އިންސްޓޯލްވެ، ރިމޯޓްކޮށް އެފަރާތަށް ސިސްޓަމްގެ ތެރެއަށް ބޭނުން އިރަކު ވަދޭވޭގޮތްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މިފަދަ ފޭކް އެކައުންޓް ތަކަށް ސަމާލްވެ، އެފަދަ ފަރާތްތަކުން ފޮނުވާ ލިންކްތަކަށް ކްލިކް ނުކުރުމަށް ގޮވާލަމެވެ.

ރިފަރެންސް:

2.      http://goo.gl/bgQ5Kz
3.      http://goo.gl/oZlutl
4.      http://goo.gl/3ofZt3
 


No comments:

Post a Comment

There was an error in this gadget

Adam Fathuhy