Wednesday, August 7, 2013

މިނިމަމް ވޭޖް ކަނޑައެޅުން – ދެމެހެއްޓެނެވި ތަރައްޤީގެ ސިޔާސަތު 4

މިނިމަމް ވޭޖް ނުވަތަ އެއްމެދައްކޮށް ދެވޭނެ އުޖާރަ އަކީ މަސައްކަތްތެރިންނަށް އެމީހުންނަށް ހައްގު އުޖޫރަ ދިނުމުގައި އިންސާފުވެރި އުޖޫރައެއް ދިނުމަށް މަގު ފަހިކުރުވާނެކަމެވެ. ތާރީހީ ފަތްފުއް ތަކުން އެގެން ހުރިގޮތުގައި އެންމެ ފުރަތަމަ ގާނޫނީ ގޮތުން މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ 1894 ގައި ނިވްޒީލެންޑް ގައެވެ، އަދި އޭގެ ފަހުން އޮސްޓްރޭލިޔާގެ ސްޓޭޓެއް ކަމުގައިވާ ވިކްޓޯރިއާގައި 1896 ގައެވެ. މިހާތަނަށް %90 ވުރެ ގިނަ ގައުމުގައި މިނިމަމް ވޭޖްގެ ސިޔާސަތު ވަނީ ތަންފީޒު ކުރެވިފައެވެ.  ބައެއް ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ  ވިޔަފާރިވެރިން އަމިއްލައަށް އެދިގެން އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިންނެވެ. އެއީ ވިޔަފާރިއާއި މަސައްކަތުގެ އަހްލާގަށް އަހުލުވެރި ކުރުމުގެ ގޮތުންނެވެ.


މިނިމަމް ވޭޖް ކަނޑައަޅަންޖެހޭ ސަބަބު ތަކުގެ ތެރޭގައި މަހުޖަނުން އެމީހުންގެ މަސައްކަތުގައި ވަޒީފާ އަދާކުރާފަރާތްތައް އަޅުވެތިކަމުން ސަލާމަތް ކުރުވުމާއިން އެމީހުނަށް ހައްގު އުޖޫރަ ގާނޫނީގޮތުން ދިނުމަށް ލާޒިމް ކުރުވުން ހިމެނެވެ.  ދިވެހިރާއްޖޭގައި ބިދޭސީން އިންތިހާއަށް ގިނަވެ ދިވެހިންނަށް ވަޒީފާ ލިބުމަކީ ދަތި އުނދަގޫ ކަމެކެވެ.

ވަރަށް ސާފުކޮށް ދަންނަވަމެވެ. ދިވެހިރާއްޖޭގައި ދިވެހިންނަށް ބޭނުންވާ ވަރަށް ވުރެ ގިނައިންވެސް ވަޒީފާ އެބަހުއްޓެވެ. ވަޒީފާތަކުގައި ބިދޭސީން އިތުރު ވެފައިވަނީ މައިގަނޑު 2 ސަބަބަކާ ހުރެއެވެ. އެއީ:
1.     އެމަސައްކަތްތައް ކުރެވޭނެ ހުނަރު ދިވެހިންގެ ގައިގާ ނެތުން.
2.     ކުޑަ އުޖޫރައަކަށް ބިދޭސީން މަސައްތްކަތް ކުރުން.
3.     ކަމާބެހޭ އިދާރާތައް ބޮއްސުން ލާފައިވުން
މަތީގައިވާ ހުރިހާކަމެއް ގުޅިފައިވަނީ މިނިމަމް ވޭޖް އާއެވެ. ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަކީ އެސިނާއަތެއްގައި ވިޔަފާރިކުރާ ބައެއްގެ މައްޗަށާއި ސަރުކާރުގެ މައްޗަށް ލާޒިމްކަމެކެވެ.  ދިވެހިރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި އުފެދިފައިނެތީ އެސިނާއަތްތަކުން މަސައްކަތް ނުކުރުމުންނާއި ކުޑައުޖޫރައަކަށް މަސައްކަތްކޮއްދޭނެ ބިދޭސީން ލިބޭތީއެވެ.  މަސައްކަތައް ވާވަރަށް މުއައްޒަފުން ލިބެންޏާ ތަމްރީން ކުރުމުގެ ބޭނުމެއް ކޮބައިތޯ ؟  ކަމާ ބެހޭ އިދާރާތަކުގެ ހާލަތީވެސް މިއެވެ. ބެޗެލަރސް ޑިގްރީ ހަދައިގެން ހުންނަ އޮފިސަރއަށް 6500 ރުފިޔާ ލިބޭ އިރު، އަނެއް މުއައްސަސާގައި އުޅޭ އޯލެވެލް އިމްތިހާނުގެ ދެމާއްދާއިން ފާސްވެފައިވާ ކާތިބަށް  9000 ރުފިޔާ ލިބެއެވެ.

 ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ގިނަފަރާތްތަކުން އެމީހުންގެ ވިޔަފާރި ހިންގުމަށް ބޭނުންވާ ގިނަ މުއައްޒަފުން ގެންނަނީ އެމީހުންގެ އަމިއްލަ ޤައުމުންނެވެ. މިނިމަމް ވޭޖްއެއް ނެތުމުން އެއްވަޒީފާއެއް އަދާކުރާ ދިވެހި މީހާއާ ދޮންފަރަންޖީ މީހާއަށް ދެވޭ މުސާރަޔާ އިނާޔަތްތަކުގެ ފަރަޤު އިންތިހާއަށް ބޮޑެވެ. މިއީ ހާއްސަކޮށް ޓްއަރިޒަމްގެ ހަރަކާތްތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. މިސާލަކަށް ދިވެހި އައިޓީ މެނޭޖަރަކަށް 800 ޑޮލަރު ދޭއިރު ހަމަ އެވަޒީފާގައި އުޅޭ ބިދޭސީމީހާއަށް 2000 ޑޮލަރު ދެއެވެ.

މީގެ އިތުރުން ސިނާއަތަށް ބަލަމާ ހިނގާށެވެ. ދިވެހިރާއްޖެގެ ޓްއަރިޒަމް ސިނާއަތަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުމު ތަކާއި ވާދަކުރަމުންދާ ސިނާއަތެކެވެ. ރިސޯޓް ތަކުގެ ކޮޓަރިތައް ބޭރުގެ ގައުމުތަކުން ވިއްކާއަގަށް ވުރެ ބޮޑުކޮށް ވިއްކާއިރު އަދި ދައްކަން ޖެހޭ ޓެކްސްއަކީ ކުޑައެއްޗަކަށްވާއިރު މުއައްޒަފުންނަށް ދޭ މުސާރަ ކުޑަވާ ސަބަބަކީ ކޮބައިކަން އެންމެންނަށްވެސް މިހާރު ސާފުވާނެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި މިނިމަމް ވޭޖް އާއި ބެހޭ ބިލެއް ރައްޔިތުންގެ މަޖްލީހަށް ވެއްދުނެވެ. މިބިލަށް ބަހުސްކޮށް މަޖްލީހުގެ ތަޅުމުން ނެރެފައިވަނީ ނުފޫޒުގަދަ މަހުޖަނުންގެ ވޯޓުންނާއި އެފަރާތް ތަކުގެ ހިމާޔަތުގައި އުޅޭ ފަރާތްތަކުގެ ވޯޓުންނެވެ. އެފަރާތްތަކުން ދިވެހިންނަށް ހަމަ މުސާރަ ލިބުމަށް ނޭދުނީއެވެ.

އެއްފަހަރާ ހުރިހާ ސިނާއަތަކަށް މިނިމަމް ވޭޖްގެ ސިޔާސަތު ތަންފީޒު ކުރުމުގެ ބަދަލުގައި ސިނާއަތްތަކަށް ވަކިވަކިން ސިޔާސަތު ތަންފީޒު ކުރުމަކީ ހެޔޮފާލެއް ކަމުގައި ދެކެމެވެ. މިގޮތުން ޓްއަރިޒްގެ ސިނާއަތަށް ތަންފީޒުކޮށް އެހެން ބައިތަކަކަށް ގެންދެވިދާނެއެވެ.  

މިނިމަމް ވޭޖް ކަނޑައެޅުމުން މަސައްކަތައް ހައްޤު ހަމަ މުސާރަ ލިބިގެން ދިޔުމުގެ އިތުރުން ދިވެހިންނާއި ބިދޭސީންގެ މުސާރަ އެއްވަރު ވެގެން ދާނެއެވެ. މިހެންކަމުން އަގުހެޔޮކަމަށް ބުނާބިދޭސީންގެ އަގު ދިވެހިންނާއެއް ވަރަށް އުފުލި ބިދޭސީން ގެންގުޅުމަކީ އަގު ބޮޑުކަމަކަށް ވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ބިދޭސީންނަށް ދޭފައިސާތައް ދިވެހިންނަށް ލިބި، އެފައިސާތައް ގައުމުން ބޭރުވުމުގެ ބަދަލުގައި މާލީއިދާރާތަކަށްވަދެ ( ބޭންކުތަކާއި ކެޕިޓަލް މާރކެޓް )  ގައުމުގެ އިޤްތިސާދު ކުރިއަރައިގެން ދާނެއެވެ. ދިވެހިރާއްޖޭން ބޭރުވާ ޑޮލަރުގެ އަދަދު އެތައް ގުނަޔަކަށް ކުޑަވެގެންދާނެއެވެ. 

No comments:

Post a Comment

There was an error in this gadget

Adam Fathuhy