Thursday, August 1, 2013

ބީވަރގެ ފުރަގަސްފަރާތުން ނުކުންނަ ދިޔަވަރުން އުފައްދާ މީރު ކާނާ - ޔަމީ


ރާސްބެރީގެ ރަހައަކީ މޭވާގެ ތެރެއިން ފާހަގަކޮއްލެވޭ މީރުރަހައެކެވެ. ކާއެއްޗެހީގައި އެރަހަލެއްވުމަށް ރާސްބެރީ ބޭނުންކުރުމުގެ ބަދަލުގައި މިހާރު އެންމެ އާއްމުކޮށް ބޭނުންކުރާ އެކަށްޗަކީ ރާސްބަރީ އާރޓިފިޝަލް ފްލޭވަރ އެވެ.

ރާސްބަރީ އާރޓިފިޝަލް ފްލޭވަރ އަކީ އޭގައި ކަސްޓޯރިއަމް ކިޔާ މާއްދާ އެކުލެވިގެންވާ އެއްޗެކެވެ. ކަސްޓޯރިއަމް އަކީ ކޯރުތަކުގެ އައްސޭރިފަށުގައި އަދި ފެނުގައި އުޅޭ ބީވަރގެ (މީދަލެއް ކަހަލަ ޖަނަވާރެއް)  ފުރަގަސްފަރާތުގައިވާ ގްލޭންޑަކުން ނަގާ ، ރީނދޫކުލައިގައި ހުންނަ އެއްޗެކެވެ. ބީވަރ މިމާއްދާ ބޭރުކުރަނީ ކުޑަކަމުދާ އެއްޗިއްސާއި އެކު ބޭރުކޮށް އެސޮރުމެން އުޅޭތަން ފަހާގަކުރުމަށެވެ.
  
ކުރީޒަމާނުގައި ކަސްޓޯރިއަމް އަކީ ހަމައެކަނި އަގުބޮޑު ސެންޓް ހެދުމަށް ބޭނުންކުރާ އެއްޗެއް ކަމަށްވިޔަސް ކާނާގައި ރަހަލެއްވުމަށް ކަސްޓޯރިއަމް ބޭނުންކުރާތާ 80 އަހަރުގެ މާޒީއެއް ވެއެވެ. އެއީ ގުދުރަތީ އެއްޗަކަށްވެފައި އަދި އޭގައި ވިހައިގެ އަސަރު އެކުލެވިގެންނުވާތީ ކާނާގައި ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ގިނަގައުމުތަކުން ވަނީ ދީފައެވެ. މިގޮތުން އެމެރިކާ ސަރުކާރުގެ ނެޝަނަލް ސެންޓަރފޮރ ބަޔޯޓެކްނޮލޮޖީގެ ވެބްސައިޓްގައި އެއީ ބޭނުންކުރަން ރައްކާތެރި އެއްޗެއްގެ ގޮތުގައި ފާހަގަކޮއްފައިވެއެވެ.

ބައެއް ސޯޝަކް ނެޓްވޯރކް ތަކުގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ފަކުރު އެއްޗެއްކަމަށާއި، ޖަނަވާރެއްގެ ފުރަގަސް ފަރާތުން ނުކުންނަ ދިޔައެއް ކާން ހެޔޮނުވާނެކަމަށެވެ. ވިޔަފާރީގެ އުސޫލުން އުފައްދާ ގިނައުފެއްދުން ތަކުގައި ކަސްޓޯރިއަމް ބޭނުން ކުރެއެވެ. މިގޮތުން އައިސްކްރީމް، ޖޫސް، ޖެލީ، މެޓާ އަދި ސިނގިރޭޓް އަދި އެތައް އުފެއްދުމެއްގައި ރާސްބެރީ  އަދި ވެނީލާ ރަހަލެއްވުމަށް ބީވަރގެ ފުރަގަސް ފަރާތު ދިޔަވަރު ބޭނުން ކުރެއެވެ.

ރިފަރެންސް:

2 comments:

  1. http://likes.com/misc/15-disgusting-ingredients-youre-eating-right-now?pid=102081&utm_source=mylikes&utm_medium=cpc&utm_campaign=ml&utm_term=25609683

    miah dheynjehey courtesy koba?
    thaakun ehcheh fenna irah ma molhuvaan vaane jahan!

    ReplyDelete
  2. Thank you for the comment. Thi link eh nudheken, mi article liyan mauloomaath nagan beynun kuri 3 link list koffai vaane. Thikahala eggoiyy ethah baivaru articles hunnaane kamee shakkeh oiyy kameh noon.

    Search for "castoreum foods"
    "castoreum food additives"
    "artificial food flavor"

    You will get thousands of similar articles.

    Once again thank you for reading my article. have a nice day.

    ReplyDelete

There was an error in this gadget

Adam Fathuhy