Thursday, August 22, 2013

ވިސްނާމީހާ ގެ ނުކުތު ފަރާތް - އޭތިމީތި ސިކުނޑީގެ ތޫފާން



އިރުއޮއްސިނުހިނދެވެ. ކައުނު ނެތިގެން ހިނަގައްޖެއެވެ. ފަހެ އަހަރެންއެވަނީ ކޮންތަނެއްގައި ހެއްޔެވެ. އިހްސާސެއްނުވާ ނިމުމެއްނެތް ފުންކަނޑެއްފަދަ ރާސްތާއެކެވެ. އިހްސާސްނުކުރެވޭ ދިގުރާސްތާގެ މަންޒިލަކީ ފަހެކޮންއެއްޗެއް ހެއްޔެވެ. ދެން އަހުރެން ބުނީމެވެ. އެއީ ހިޔާލީ ދުނިޔޭގެ ދަތުރުގެ ތަސައްވަރެކެވެ. ސިކުނޑިން ކުރުވާ ހިޔާލުގެ ނަލަކަމާއި، ފޮނިކަމާއި ތަޒާކަމުގެ ލާމަސީލް މިސާލެކެވެ. ދެން އެހިނދު އިންސާނާ އޭނާގެ ވިސްނުމުންބޭރުވެ ޖަލެއްގައި ބަންދުވެފައިވާ އަޅެއްފަދައިން އުމުރު ހޭދަކުރެއެވެ. ވިސްނުމާއި ފިކުރުމެގެ ބޭނުމާއި ފަހެ ވިސްނަނީ ކޮން ގުނަވަނަކުންވެސް އިންސާނާ ހަދުމަނެތިގެންދެޔެއެވެ. 

ގަދަމީހާ ގަދަވަނީ ބަލިމީހާ ބަލިވަނީ އޭނާގެ ވިސްނުމުގެކޮށި ކަމުންނާއި ވިސްނާލެއް މޮޅުކަމުންކަން ފަހެ އޭނާޔަށް ނޭގެނީހެއްޔެވެ. ގަދަވުމަކީ ހަށިގަނޑާއި އަތްފަޔާއި އަނގައިގެ ބާރުގަދަ ވުމެއްނޫނެވެ. ދަންނައެ އެއީ ވަލުޖަނަވާރާއި އިންސާނާގެ ތަފާތުކަމުގައި އެކަކު އަނެކަކަށް ވާގިނުދެނީހެއްޔެވެ. މާތްވެގެންވާ އިންސާނާގެ އެންމެ ވަރުގަދަ އަދި އެންމެ ފަސަހައިން ހަލާކުވާ ގުނަވަކީ ސިކުނޑިއެވެ.

ވިސްނާ ފިކުރުކުރާށެވެ. ކުޑަދަރިފުޅު ފަލަނުވުމުން، ނުކެއުމުން ހިތާމަ ނުކުރާހުށިކަމެވެ. ފަހެ އެއީ އިންސާނެކެވެ. މަސްފަލަކުރަން ކާންދޭނީ ޖަނަވާރަށެވެ. އެދަރިފުޅުގެ ސިކުނޑި ތާޒާކުރުވާ ދުނިޔެއަށް ލޯހުޅުވައިދޭނީ ތައުލީމުންނެވެ. އެއީފުރާނާގެ ކާނަ ކަމުގައި އެދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް ދުނިޔެ ދަސްކޮށް ނުދިނީ ކީއްވެކަމާމެދު ފިކުރު ނުކުރާނަމަ ތިމާވަނީ ހަލާކުގެ ތެރެއަށް ވެއްޓިއެވެ. 

ގަދަރާއި، އިހްތިރާމާއި ކަރާމާތައި އުފާ ފާގަތި ކަމުގައި ތަބަކުގައި މޭވާކާނީ ވަކިބައެއް ކަމުގައި އިންސާނާދެކޭނެތެވެ. އެއީ ކޮށި ވިސްނުމާއި އެއްއިންސާނާ އަނެއް އިންސާނާގެ މައްޗައް ގަދަވެ ގަތުމަށް ވިސްނާ ވިސްނުމެވެ. ގުދުރަތުގެ ނަލަކަމާއި އުފާފާގަތި ކަމަކީ ހިޔާލުތަފާތު ކުރުވުން ކަމުގައި ގުދުރަތް ހެކިދެއެވެ. ގަހެކެވެ. ރުކެކެވެ. ވެލެކެވެ. ފަތްތަކުގެ ތަފާތުކަމެވެ. މާތަކުގެ ވަސްމީރުކަމެވެ. އެހެންގަހެކެވެ. މަލުގެ ވަސްނުބައި ކަމުން އޭނާގެ ގޮހުރު އަނގައިން ވެއްޓުނުކަހަލައެވެ. ދެން ހަކީމް މީހާ އެގަހުގެ ފައިދާއާ މޮޅުކަމުގެ ވާހަދައްކާނެތެވެ. އޭގައިވަނީ ފަރުވާއެވެ. ފިކުރުކުރާ އިންސާނާ އޭގެން ފައިދާ ލިބިގަނެއެވެ.

ސިކުނޑީގެ ފުރިހަމަ ބޭނުން ހިފަނީ ދޮޅަހަކަށް މީހުން ކަމުގައި ނޫނީނުވެއެވެ. ތަރައްޤީއާއި ތަހްޒީބްބަކީ ފައިސާއިން ކިރޭނެ އެއްޗެއްކަމާމެދު އެއުރުން ދެނެހުރީމުނޫންހެއްޔެވެ. ދަންނައެވެ އެއީ އަޅުވެތިވުމެއް ކަމުގައި ނޫނީނުވެއެވެ. ތަރައްޤީ އަކީ އިންސާނާގެ ވިސްނުންތަނަވަސް ވުމާއި އެކު ފުދުންތެރިވެ ކުރިޔަށް ދިއުމެވެ. އަޅުވެތި ކުރުމާއި އަޅުވެތި ވުމަކީ އިންސާނާގެ ތަބީއަތުގައިވާ ސިފައެކެވެ. ވިސްނާމީހާ އޭގެ ނާޖާއިޒް ފައިދާ ނަގާނެތެވެ. ދެންފަހެ އަނިޔާ ލިބޭމީހާ އެކަމާ ހިތާމަކޮށް ކަރުނައަޅާ ރޮއި ބޮޑާހާކާނެކަން ކަށަވަރެވެ. މިއީދުނިޔޭގައި ކަން ހިނގާ އުސޫލެވެ. ނިކަމެތިކަމާއި ފާގަތި ކަމާ ދެމެދުގައިވާ ފަރަގު ހަމަހަމަ ކުރެވޭނެ ހަމައެކަނި ގޮތަކީ ޝުކުރުވެރިވުމާއި އެކު އޯގާތެރިވުމާއި ދީލަތިވުމާ އެކު ކަމޭހިތައިގެންނެވެ.

No comments:

Post a Comment

There was an error in this gadget

Adam Fathuhy