Saturday, December 7, 2013

ލޯނުނެގުމާއި ވިޔާފާރިކުރުމާއި ބަނގުރޫޓްވުން.


ބޭންކުންތަކުން ލޯންދެނީ ފުދުންތެރިކަން އިތުރު ކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށެވެ. ހަމަ އެހެންމެ އޭގެން ބޭންކަށް މާލީ ނަފާއެއް ހޯދުމުގެ ބޭނުމުގައެވެ. ގިނަފަހަރަށް ބޭންކުން ލޯންނަގާއިރު ލޯންނެގެނީ ކޮން ޝަރުތަކެއްގެ މައްޗައްކަމާއި، އަދި ލޯން އަނބުރާ ދައްކާއިރު ލޯނުގެ އިންޓަރެސްޓާއި ޖޫރިމަނާ ހިސާބުކުރެވޭ ގޮތް ލޯންނަގާ ފަރާތްތަކަށް އޮންނަނީ އޮޅިފައެވެ.


ދިވެހިރާއްޖޭގައި ހުރި ބޭންކުންތަކުން އެވްރެޖްކޮށް ލޯންތަކަށް ފައިދާގެ ގޮތުގައި ނަގަނީ 12 ޕަސަންޓް އިންޓެރެސްޓެވެ. އިންޓަރެސްޓްގެ ގޮތުގައި ނެގޭނެ އެންމެ މަތީ އަދި ދަށްރޭޓްތައް ރެގިއުލޭޓް ކުރަނީ ސެންޓްރަލް ބޭންކުންނެވެ. ދިވެހިރާއްޖޭގައި ނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެވެ. ބޭންކުތަކުން އިންޓަރެސްޓް ނަގަނީ އަހަރަކަށެވެ.  މިސާލަކަށް 10 އަހަރުދުވަހަށް ލޯނެއް ނަގާނަމަ 10 އަހަރަށްވެސް އިންޓަރެސްޓް ހިސާބުކޮށް ދައްކަން ޖެހޭނެއެވެ. ލޯން އަލުން އަނބުރާދައްކާ މުއްދަތު އިތުރުވާވަރަކަށް ލޯނަށް ކުރެވޭ ޚަރަދު އިތުރުވާނެއެވެ.
މިސާލަކަށް 1,000,000.00 ( އެއްމިލިޔަން) ރުފިޔާގެ ލޯނެއް 10 އަހަރުދުވަހަށް %12 ގައި ނަގާނަމަ އަހަރަކަށް ދައްކަން ޖެހޭނީ އިންޓަރެސްޓްގެ ގޮތުގައި 120،000.00 ރުފިޔާއެވެ. 10 އަހަރު ދުވަހުގެ ތެރޭގައި ލޯން އިންޓެރެސްޓަށް 1,120,000.00  (އެއް މިލިޔަން އެއްލައްކަ ވިހިހާސް ) ރުފިޔާއަރާނެއެވެ. މިއީ ލޯނުގެ ޕްރިންސިޕަލް އަދަދަށް ވުރެ ވިއްސަކަށް ޕަސަންޓް އިތުރު އަދަދެކެވެ. ލޯން އަދާކުރާއިރު ބޭންކަށް އިންޓެރެސްޓާއި އެކު މުޅި ޖުމްލަ  2,120,000 ( ދެމިލިޔަން އެއްލައްކަ ވިހިހާސް ) ރުފިޔާ ދަންކަން ޖެހޭނެއެވެ. މީގެ މާނައަކީ 10 އަހަރު ދުވަހުގެ ތެރޭގައި އޭނާ ބޭންކުން ނެގިފައިސާ ބޭނުންކޮއްގެން  އާމްދަނީ 3 ގުނަ އިތުރަށް ހޯދަންޖެހޭނެއެވެ. އޭގެން އެއްބައި ބޭންކަށް އަނެއްބައި ވިޔަފާރީގެ މުދަލަށް އަދި ބާކީ އޮތްބައި ހަރަދުގެ ގޮތުގައި ހޭދަވާނެއެވެ. ނޫންނަމަ ވިޔަފާރި ބަނގުރޫޓުވެ ދަރަނިވެރިވާނެއެވެ.

ގްރޭސް ޕީރިއަޑް
ގިނަލޯންތައް ދޫކުރަނީ ގްރޭސް ޕީރިއަޑާކާ އެކުއެވެ. ގްރޭސް ޕީރިއަޑްގެ މުއްދަތަކީ ލޯންނެގިފަރާތައް، އެފައިސާ އިންވެސްޓްކޮށް އާމްދަނީ ހޯދަން ފަށައިގަތުމަށް ދެވޭ މުހުލަތެކެވެ. މިޕީރިއަޑްގެ ތެރޭ ބައެއްބޭންކްތަކަށް ފައިސާ ދައްކާކަށް ނުޖެހެއެވެ. އަނެއްބައި ބޭންކްތަކުން ހަމައެކަނި ނަގަނީ އިންޓަރެސްޓަށް އަރާ ފައިސާގެ ތެރެއިން އެމަހަކަށް ޖެހޭ ފައިސާއެވެ. ގްރޭސް ޕީރިއަށް ނިމުމުން ގަވައިދުން މަހުންމަށް ދައްކަން ބޭންކުން ކަނޑައަޅާފައިވާ ފީތައް ދައްކަން ޖެހޭނެއެވެ.

ރިޕޭމަންޓް ޕީރިއަޑް
ބޭންކުން ލޯނުދޫކުރަނީ ވަކިމުއްދަތެއްގެ ތެރޭގައި ބޭންކުންނެގިފައސާއާއި އަދި ބޭންކުން ކަނޑައަޅާ އިންޓަރެސްޓް ބޭންކަށް ދައްކަން ޖެހޭ ގޮތަށެވެ. މިމުއްދަތުގެ ތެރޭގައި  ފައިސާ ނުދެއްކިއްޖެނަމަ  ނުވަތަ އެމަހަކަށް ކަނޑައަޅާފައިވާ  ފައިސާ ނުދެއްކިއްކެޖެނަ ތަފާތު ޖޫރިމަނާތައް ކުރާނެއެވެ. އަދި ޖޫރިމަނާގެ މައްޗަށް އިންޓަރެސްޓް އަރަމުން، ދަރަނީގެ އަދަދު ބޮޑުވަމުން ދާނެއެވެ.

ކޮލެޓަރަލް ސެކިއުރިޓީ ، ގެރެންޓަރ
ބޮޑެތި ލޯންތައް ދޫކުރާއިރު އެދޫކުރެވޭ ލޯނަށްވުރެ އެތައްގުނަ އަގުހުރިމުދަލެއް  ލޯނު އަނބުރާނުދެއްކިދޭނެ ކަމުގެ ބިރައް، ބޭންކުގައި މޯރގޭގް ކުރަންޖެހެއެވެ. މިގޮތުން އެމުދަލައްގެ ރަޖިސްޓްރީ ބާއްވަންޖެހޭނީ ބޭންކުގެ ބެލުމުގެ ދަށުގައެވެ. ރިޕޭޕަންޓް ޕީރިއަޑްގެ ތެރޭގައި ފައިސާދައްކާ ހަލާސް ނުކުރެވިއްޖެނަމަ، ކޯޓު މަރުހަލާގެ ތެރެއިން އެމުދަލެއް ބޭންކުންވިއްކާލާނެއެވެ.ބައެއް ލޯންތަކަށް ގެރެންޓަރ ބޭނުންވެއެވެ. ލޯނު ނުދެއްކޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ލޯނަށް ޒިންމާވާން ޖެހޭނީ ގެރެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތް ތަކެވެ.


ދިވެހިރާއްޖެ އަކީ ލޯނުގެ ގޮތުގައި ދޫކުރެވޭ ފައިސާއަށް އެންމެ ގިނައިން އިންޓެރެސް ނަގާ އެއްގައުމެވެ. ވޯރލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ލޯން އިންޓެރެސްޓްގެ ގޮތުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި %3.3 ، ސިންގަޕޯރގައި % 5.4 ، މެލޭޝިއާގައި % 4.8 ، އިންޑިއާގައި % 10.6 އަދި ޗައިނާގައި % 6.0 ނަގައެވެ. ދިވެހިރާއްޖޭގައި އިންޓަރެސްޓް ރޭޓް އުޅެނީ 11.75% އާއި % 18  ދޭތެރޭގައެވެ.

1 comment:

  1. ރިބާގެ މުޢާމަލާތް މިޒަމާނުގައި ހިނގާގޮތުގެ އާމަޢުލޫމާތުތަކެއް ލިބިއްޖެއެވެ. ވަރަށް ފައިދާކުރަނިވި މަޢުލޫމާތު ތަކެއް ކަމަށް ބެލެވެވެ.

    ReplyDelete

There was an error in this gadget

Adam Fathuhy