Monday, March 18, 2013

މާލޭން ލިބެންހުރި މޭވާ އަދި ތަރުކާރީ (ކެލްސިއަމް ކާބައިޑް ) ވިހައިން ތަގައްޔަރުވެފައި.



ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކާނާގެ ތެރޭގައި ހިމެނޭ މޭވާ އަދި ތަރުކާރީ އަކީ މާލޭން ފަސޭހައިން ލިބެން ހުރި އެއްޗެއް ކަމުގައި ވިޔަސް އެއީ އަވަށްޓެރި ގައުމުތަކުން އެތެރެ ކުރެވޭ ތަކެތިކަމުގައި ވުމުން ގިނަދުވަހަށް ބެހެއްޓުމަށްޓަކައި ކެމިކަލުން ޓްރީޓްކުރާކަން އެނގިފައިވާތީ އަޅުގަނޑު ބޮޑަށް ބަލަނީ ދިވެހިރާއްޖޭގައި ހައްދާ ބާވަތްތައް ލިބޭތޯއެވެ.
ނަމަވެސް މިއަދު މިވަނީ ދިވެހިރާއްޖޭގައި ހައްދާ ބާވަތްތަކަށްވެސް އިތުބާރު ގެއްލިފައެވެ. މާލެއަށް ގެނެވޭ ދޮންނުވާ މޭވާގެ ބާވަތްތައް ދޮންކުރުމަށް، ވިހަ ކެމިކަލެއް ކަމުގައިވާ ކެލްސިއަމް ކާބައިޑް ބޭނުންކުރުންވަނީ މާލޭ "ލޯކަލް މާރުކޭޓު" ގައި އާއްމު ވެފައެވެ. ކެލްސިއަމް ކާބައިޑަކީ ދުނިޔޭގެ ވަރަށް ގިނަގައުމުތަކުގައި ގެންގުޅުން މަނާކުރެވިފައިވާ  ހުދުކުލައިގައި ހުންނަ (ހިކި) ވިހަ ކެމިކަލެކެވެ.

There was an error in this gadget

Adam Fathuhy